ads
ޕާކިސްތާނު ފުލުހުން ހިމާރެއް ހައްޔަރު ކޮށްފި
ޕާކިސްތާނުގެ ފުލުހުން ހިމާރެއް ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫހެއްގައި ވާ ގޮތުން ފުލުހުން ހިމާރު ހައްޔަރުކޮށްފައި ވަނީ ޖުވާ ކުޅެނީ ކަމަށް ބުނެއެވެ. 

ޕާކިސްތާނުގެ ފުލުހުން ހިމާރު ހައްޔަރުކޮށްފައި ވަނީ ހިމާރުގެ ރޭސް އެއް ޖަހައިގެން ޖުވާ ކުޅުމަށް އުޅޭ ކަމަށް މީހަކަށް ތުހުމަތުކޮށް އޭނާ ހައްޔަރު ކުރި އިރު އެވެ. އެއީ އެގައުމުގެ ޕަންޖާބު ޕްރޮވިންސް ގައި އޮންނަ ޖޫވާ ކުޅުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. 

ޕާކިސްތާނުގެ ފުލުހުން މި މީހާ އާއި ހިމާރު ހައްޔަރު ކުރި އިރު އެމީހުންގެ އަތުން 120،000 ޕާކިސްތާން ރުޕީސް ވެސް ވަނީ ފެނިފަ އެވެ. 

އެ ހިމާރު ހައްޔަރުކޮށް ފުލުހުންގެ ސްޓޭޝަން ބޭރުގައި އައްސާފައި ހުރި ވީޑިއޯ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. 

ޕާކިސްތާނުް ފުލުހުން މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި އެ ހިމާރު ވެސް މިހާރު ވަނީ ހައްޔަރު ކުރުމަށް ފަހު އެފްއައިއާރް ލޮގް ގައި ނޯޓް ކޮށްފަ އެވެ. އަދި އެ މީހާ އާއި ހިމާރުވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމުން ހިމާރު ދޫކޮށްލެވެން ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް