ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ--
ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގަލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ގައުމަށް ފޮނުވާލާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ކަމަށެވެ.

މިއާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝީ ރައްޔިތުންގެ ތެރެއިން 2،100 މީހުން ވަނީ މޯލްޑިވިއަން ފްލައިޓުގައި އެނބުރި އެ ގައުމަށް ފޮނުވައިލާފަ އެވެ.

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.  

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު އެންމެ ގިނައިން ޕްޒިޓިވްވެފައިވަނީ ބިދޭސީން ނެވެ. ގިނައިން ބިދޭސީން ޕޮޒިޓިވް ވަނީ ތޮއްޖެހިގެން އުޅޭތީ ކަމަށް ބުނެ އެވެ. އެފަދަ ތަންތަނުގައި އުޅޭ އެތައް ބަޔަކު، މިހާރު މާލެއިން ބޭރުގައި ހަދާފައިވާ ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 1،500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް