ads
ކޮވިޑް-19: 30،000 މީހުންނަށް ވެކްސިން ޓެސްޓު ކުރުމަށް ތައްޔާރު ވަނީ
އެމެރިކާގެ ބަޔޯ-ޓެކް ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން ތައްޔާރު ކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިން 30،000 މީހުންނަށް ޓެސްޓު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާ އިން ބްލޫމްބާގް މީޑިއާއަށް މައުލޫމާތު ދެމުން އިއްޔެ ބުނީ، އެ ކުންފުނިން ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކޮށްފައިވާއިރު، އަންނަ މަހު ވެކްސިނުގެ ތިން ވަނަ ޓްރައަލް ފަށާނެ ކަމަށެވެ.

އެގޮތުން، ތިން ވަނަ ޓްރައަލްގައި، މީހުންގެ ވެކްސިން ޓެސްޓު ކުރަން ފަށާނެ ކަމަށާއި، އެ ކުންފުނިން ކުރިއަށް ގެންދާ ކޮވިޑް-19 ވެކްސިން ޓަރައަލް ގައި 30،000 މީހުން ބައިވެރިވެފައިވާ ކަމަށް ވެސް ބުނެ އެވެެ. އަދި އެ އެންމެންގެ ޓެސްޓު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެ ކުންފުންޏަކީ އިންސާނުން ހިމަނައިގެން ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ކުރާ އެމެރިކާގެ ފުރަތަމަ ކުންފުންޏެވެ.

އިންސާނުންގެ ވެކްސިން ޓްރައަލް އެ ކުންފުނިން ކުރިއަށް ގެންދަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެނާޖީ އެންޑް އިންފެކްޝަސް ޑިޒީސް (އެންއައިއޭއައިޑީ) އާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޮޑާނާ އިން ބުނާ ގޮތުގައި އެ ކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިން ކާމިޔާބުވި ނަމަވެސް އެ ކުންފުންޏަށް އަހަރެއްގެ މައްޗަށް ތައްޔާރު ކުރެވޭނީ އެއް ބިލިއަން ކޮވިޑް-19 ވެކްސިނުގެ ޑޯޒެވެ. އެގޮތުން، ވެކްސިން ބަހާނީ ކިހިނެއްތޯ މިހާރުން ފެށިގެން ވިސްނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޮޑާނާ އިން ތައްޔާރު ކުރާ ވެކްސިނުގެ އެއް ބިލިއަން ޑޯޒުން ވެކްސިން ދެވޭނީ 500 މިލިއަން މީހުންނަށް ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން، ކޮންމެ މީހަކަށް ދެ 100 މައިކްރޮގްރާމުގެ ވެކްސިން ޝޮޓު ޖަހަން ޖެހޭނެ ކަމަށް މޮޑާނާ ކުންފުނިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ދުނިޔޭގެ އާބާދީ އަކީ 7.8 ބިލިއަން މީހުން ކަމުން، އެ ކުންފުނިން ތައްޔާރު ކުރާ ވެކްސިން ދެވޭނީ ދުނިޔޭގެ އާބާދީގެ ތެރެއިން ހަ އިންސައްތަ މީހުންނަށެވެ.

އެއާއެކު ގިނަ އާންމުންގެ ތެރޭގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. އެއީ ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ ކޮން ބަޔަކަށްތޯ އާއި، ވެކްސިން އެހެން ގައުމު ތަކަށް ފޯރުކޮށްދޭނެތޯ އަދި ފަގީރު ގައުމުތަކަށް އެ ކުންފުނީގެ ފަރާތުން ވެކްސިން ފޯރުކޮށްދޭނެތޯ އެވެ.

މުޅި ދުނިޔެއިން ހަތް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް