ads
ދީޕިކާ
ނަފްސާނީ ބައްޔަށް ހޭލުންތެރިކުރުމުން ދީޕިކާއަށް އެވޯޑެއް!
ވޯލްޑް އެކޮނޮމިކް ފޯރަމްގައި ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕަޑުކޯނަށް، ކްރިސްޓަލް އެވޯޑް ލިބިއްޖެ އެވެ. މި އެވޯޑު ދީޕިކާއަށް ލިބިފައިވަނީ ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރިކުރުމަށް އޭނާ ކުރި މަސައްކަތުގެ ސަބަބުންނެވެ.
ވޯލްޑް އެކޮނޮމިކް ފޯރަމްގައި ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕަޑުކޯނަށް، ކްރިސްޓަލް އެވޯޑް ލިބިއްޖެ އެވެ. މި އެވޯޑު ދީޕިކާއަށް ލިބިފައިވަނީ ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރިކުރުމަށް އޭނާ ކުރި މަސައްކަތުގެ ސަބަބުންނެވެ.

ކްރިސްޓަލް އެވޯޑަކީ ބަދަލުތައް މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރާ އާޓިސްޓުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އެ އެވޯޑު ލިބުމުން، ދީޕިކާ ބުނީ ދުނިޔޭގަ 300 މިލިއަނަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލި ތަހައްމަލުކުރަމުން އަންނަ ކަމަށާއި އެ ބަލީގައި މީހުންނަށް ޑިޕްރެޝަން ކުރިމަތިވެ އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ނުކުޅެދޭ މީހުންނަށް ވެސް ބަދަލުވަމުން އަންނަ ކަމަށެވެ.

ދީޕިކާ އިތުރަށް ބުނީ އޭނާ އެ އެވޯޑު ހާއްސަ ކުރަނީ ދުނިޔޭގަ ތިބި ނަފްސާނީ ބަލި ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސްގެ އިތުރުން ވެސް ނަފްސާނީ އެހެން ވައްތަރުތަކުގެ ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުން އޭނާ ފާހަގަކުރެ އެވެ.

ދީޕިކާއަކީ ވެސް ޑިޕްރެޝަނާ ހަނގުރާމަ ކުރި ފަރާތެކެވެ. އެ ހިތްދަތި ދިރިއުޅުން އޭނާ ވަނީ މީޑިއާއަށް ހިއްސާވެސް ކޮށްފަ އެވެ.

ކައިވެންޏަށް ފަހު ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ މެގްނާ ގުލްޝާރުގެ ޗަޕާކެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ އެސިޑް ހަމަލާގެ ޝިކާރައަކަށްވި ލަކްޝްމީގެ ރޯލުންނެވެ. މި ފިލްމު ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް