ads
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ--
11 އަހަރުގެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފި
މާލޭގެ ގެސްޓްހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ގެސްޓްހައުސްއެއްގައި މިމަހުގެ 10 ވަނަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މަައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ހާއްސަ އިސްކަމެއްދީގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

"އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން ބުނެ އެވެ.

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށާއި ކުއްޖާ މިވަގުތު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އާއިލާއަށް އޮޅުވާލައިގެން 16 އަހަރުގެ އަންހެން ކުއްޖަކު މާލެއަށް ގެނެސް، ގެސްޓްހައުސްއެއްގައި ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފަ އެވެ. އެ ކަމާއި ގުޅިގެން 24 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް