ads
ބޭސް މަލަން-
ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ބޭސް މަލަމުގެ އިތުރު ކުލަތައް ނެރެނީ!
ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އެތައް ހާސް ބަޔަކު އަޑު އުފުލަމުން އަންނައިރު، އެ ކަމުގައި ބައިވެރި ވުމުގެ ގޮތުން ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭސް މަލަމުގެ އިތުރު ކުލަތައް ނެރުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މީގެ ކުރިން އަބަދު ވެސް އެ ކުންފުނިން ނެރެމުން އަންނަނީ ދޮން މީހުންގެ ހަމާއި ގުޅޭ ގޮތަށް މަޑު ފިޔާތޮށި (ސޮފްޓް-ޕިންކް) ކުލައިގެ ބޭސް މަލަމެވެ. ނަމަވެސް ދުނިޔޭގެ އެތައް ގައުމެއްގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާއިރު އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ ކަޅު ނަސްލުގެ މީހުންގެ ހަމާއި ގުޅޭ ކުލަ ތަކުގެ ބޭސް މަލަން އުފައްދަން ނިންމާފައިވާ ކަން، އިންސްޓަގްރާމުގައި ހާމަކޮށްފަ އެވެ.

ބޭސް މަލަމުގެ އިތުރު ކުލަތައް ނެރުމަށް އެ ކުންފުނިން ނިންމާފައިވާއިރު، މީގެ ކުރިން އެތައް ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. އެ ފާޑުކިޔުންތަކާއި އެކު، އާ ކުލަތަކުގެ ބޭސް މަލަން އުފެއްދުމުގެ އިތުރުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރާ އެމެރިކާގެ މަޝްހޫރު "ބްލެކް ލައިވްސް މެޓާ" އަށް 100،000 ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް އެ ކުންފުނިން 10 މިލިޔަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ވެސް ޖޯންސަން އެންޑް ޖޯންސަން އިން ވަނީ އިއުލާނު ކޮށްފަ އެވެ. 

މީގެ ކުރިން 2005 ވަނަ އަހަރު ވެސް ބޭސް މަލަމުގެ ތަފާތު ކުލަތަކެއް އެ ކުންފުނިން ނެރުނެވެ. އެކަމަކު ފަހުން، އެ ވަގުތު އިތުރު ކުލަތަކުގެ ބޭސް މަލަން އުފެއްދުން މުހިންމު ނޫން ކަމަށް ބުނެ އެ ކުންފުނިން ވަނީ އެކަން ހުއްޓާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް