ads
އަނުޝްކާ އާއި ވިރާޓަށް ކުއްޖަކު ލިބުމުން ތައިމޫރަށް ސަމާލުކަން ދަށްވާނެ ކަމަށް ތައިމޫރުގެ މާމަ ބުނެފި--
އަނުޝްކާ އާއި ވިރާޓަށް ކުއްޖަކު ލިބުމުން ތައިމޫރަށް ސަމާލުކަން ދަށްވާނެ: މާމަ
މިހާރު ބޮލީވުޑުން އެންމެ ސަމާލުކަން ލިބޭ އެއް ކުއްޖަކީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު، ތައިމޫރެވެ. އެހާ ބޮޑަށް މީޑިއާގެ ސަމާލުކަން ލިބޭތީ އެއާއިލާއިން ކަންބޮޑުވެއެވެ. އެކަމާ ތައިމޫރުގެ މާމަ، އަދި ސައިފްގެ މަންމަ، ޝަރްމީލާ ތަންގޯރު މިވަނީ ކަންބޮޑުވެ ވާހަކަ ދައްކާފަ އެވެ.
މިހާރު ބޮލީވުޑުން އެންމެ ސަމާލުކަން ލިބޭ އެއް ކުއްޖަކީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު، ތައިމޫރެވެ.

ތައިމޫރަށް އެހާ ބޮޑަށް މީޑިއާގެ ސަމާލުކަން ލިބޭތީ އެއާއިލާއިން ކަންބޮޑުވެ އެވެ. އެކަމާ ތައިމޫރުގެ މާމަ، އަދި ސައިފްގެ މަންމަ، ޝަރްމީލާ ތަންގޯރު މިވަނީ ކަންބޮޑުވެ ވާހަކަ ދައްކާފަ އެވެ.

ކަރީނާގެ ޗެޓް ޝޯގެ ދެ ވަނަ ސީޒަނުގައި ފުރަތަމަ މެހެމާނެއްގެ ގޮތުގައި މިވަނީ ޝަރްމީލާ ބައިވެރިވެފަ އެވެ. އެގޮތުން ޝަރްމީލާ ބުނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް އާއި އޭނާގެ އަންހެނުން އަދި ބަތަލާ އަނުޝްކާ ޝަރްމާއަށް ދަރިއަކު ލިބިއްޖެނަމަ ތައިމޫރަށް އޮންނަ ސަމާލުކަން ދަށްވެދާނެ ކަމަށެވެ. އެއާއެކު ކަރީނާ ވެސް ވަނީ އެގޮތަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

އަނުޝްކާ އާއި ވިރާޓް މިސާލެއްގެ ގޮތުން ޝަރްމީލާ ނަގާފައި މިވަނީ އެއީ ވެސް ތަރުހީބު ބޮޑު ޖޯޑެއް ކަމުންނެވެ. އެކަމަކު އަވަސް މުސްތަގުބަލެއްގައި އެމީހުން ދަރިއަކު ހޯދާނެ ކަމަށް ނުބެލެވެއެވެ. މިވަގުތު ދެ ތަރިން ވެސް ބޮޑަށް އުޅެނީ މަސައްކަތުގައި އަވަދިނެތި އެވެ.

ތައިމޫރު ވިހޭއްސުރެ އެކުއްޖާއަށް އޮންނަ ތަރުހީބު ވެސް ބޮޑެވެ. ޕަޕަރާޒީން އެކުއްޖާ ސްކޫލަށްދާ ވަގުތުން ފެށިގެން ގޭދޮށުގައި ކުޅެން އުޅޭ ވަގުތުތަކުގައި ވެސް ފަހަތުން ދުވެ އެވެ. މިހެންވެ ސައިފް އާއި އޭނާގެ އާއިލާއިން ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވަނީ ނުވެފަ އެވެ.

ތައިމޫރަށް އޮންނަ ސަމާލުކަމާއެކު އެކުއްޖާއަށް ނުރައްކަލެއް އޮވެދާނެތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވެ އެވެ. ސައިފް ވަނީ މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން ޕަޕަރާޒީން އެވަރަށް ތައިމޫރުގެ ފަހަތުން ނުދުވުމަށް ވެސް އެދިފަ އެވެ.

އުމުރުން މިހާރު ތިން އަހަރުވާން ގާތްވެފައިވާ ތައިމޫރު، ބޯޑިން ސްކޫލަކަށް ވެސް ފޮނުވަން އުޅޭކަމަށް މީގެ ކުރިން އަޑުތައް އެރިނަމަވެސް އެކުއްޖާގެ ބައްޕަ އެކަން ދޮގުކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް