ads
މެސީވަނީ މިރޭގެ މެޗަށް ފިޓްވެފައި
ބާސާ މެޗު މިރޭ އެކެއް ޖަހާއިރު، މެސީ ކުޅޭނެ
ަސދަސދ
ކޮވިޑް-19 އާ ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެއިންގެ ފުޓްބޯޅަ އަލުން ފަށާފައިވާއިރު، ބާސެލޯނާ ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު އެކެއް ޖަހާއިރުއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަޔޯކާއާ ދެކޮޅަށް ބާސާއިން މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ ތަރި މެސީ ކުޅޭނެއެވެ. މެސީގެ އިތުރުން ސުއަރޭޒްވެސް މިރޭގެ މެޗަށް ތައްޔާރުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މެސީ ހުރީ ފިޓްކޮށް، ކުޅެވޭ ހާލަތުގައި ކަމަށް ބާސާއިން ބުނިއިރު، ހުސްވި ހަފުތާގެ ޕްރެކްޓިހުގައި މެސީ ބައިވެރިނުވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަންގެ ކުރީކޮޅު ލިބުނު ބައެއް އަނިޔާތަކުން މެސީ އަދި އެއްކޮށް ރިކަވާއެއް ނުވެއެވެ. އެހެންނަމަވެސް ބާސާއިން ބުނީ، މެސީ ހުރީ ފިޓްކޮށް ކަމަށާއި ހޮނިހިރު ދުވަހު މަޔޯކާއާ ދެކޮޅަށް މެސީ ކުޅޭނެ ކަމަށެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅުގެ ބައެއް މެޗުތައްވެސް މެސީއަށް ގެއްލުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް