ads
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
"ރާއްޖެ - ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނަން"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ - ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ - ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގައި ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗައިނާގެ ލޯނު ތަކަކީ ދަރަނީގެ ދަންތުރަތަކެއް ކަމަށެވެ. އަދި ޗައިނާގެ މަސައްކަތްތަކަކީ ތަރައްޤީ ކަމަށް ނުދެކޭ ކަމަށާއި، އެއީ ދިވެހިން ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާއަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ކޮށްފައިވާ އިރު، ލޯނުގެ ގޮތުގައި ޗައިނާގެ އެކި ކުންފުނިތަކުން ވަނީ ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް