ads
ކައިޒީން---
އިންސްޓަގްރާމުން އެއްލައްކަ ފޮލޯވާސް ލިބުމާއެކު ކައިޒީން 3000 ޑޮލަރު ބަހަނީ
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންއަށް އިންސްޓަގްރާމުން އެއް ލައްކަ ފޮލޯވަރުން ހަމަވެ، ސަޕޯޓަރުންނަށް 3000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދޭން ނިންމައިފި އެވެ.

އެއް ލައްކަ ފޮލޯވަރުން ހަމަވިކަން ހިއްސާކުރަން ކައިޒީން ވަނީ ހާއްސަ ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެގޮތުން 100K ޖަހާފައިވާ ބޯޑުތަކެއްގައި ފިނިފެންމަލުން ޑެކަރޭޓްކޮށްފައިވާއިރު އެތަނުގައި ގިނަ އަދަދެއްގެ ފުއްޕާހަން ވެސް ހުއްޓެވެ. 

ކައިޒީން ބުނީ ސަޕޯޓަރުންނަށް 3000 ޑޮލަރު ދޭން ނިންމީ ކޮވިޑް-19 ގެ ބަލި ކަމާއި ގުޅިގެން އެތައް ބަޔަކު ހާލުގައި އުޅެމުން އަންނާތީ ސަޕޯޓަރުންނަށް އެހީވުމުގެ ގޮތުން ކަމަށެވެ. އޭނާ ވަނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބަށް ޝުކުރު ވެސް އަދާކޮށްފަ އެެވެ.

ކައިޒީން ބުނީ އޭނާގެ ސަޕޯޓަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1000 ޑޮލަރު ދޭނެ ކަމަށެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް