ads
ބީއެމްއެލް/ ފޮޓޯ:މައިނިއުސްޑެސްކް
ހަފްތާ އަކު 4 ދުވަހު އެޕޮއިންޓްމެންޓަށް ހިދުމަތްދޭނެ
ޖޫން 15 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ހަފްތާ އަކު ހަތަރު ދުވަހު ދޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި އެކުންފުނިން ހިދުމަތްދޭނީ ކޮންމެ ހަފްތާ އެއްގެ ވެސް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 ކަށް ކަމަށެވެ. އެގޮތުން ހިދުމަތްދޭނީ ހަމަ އެކަނި އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އޮންލައިން އަދި ސެލްފްސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ނިންމާފައި ވާއިރު، ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެކަމަ ށެވެ. އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދުމަށް ބްރާންޗް ނުވަތަ ސާވިސް ސެންޓަރު ހިޔާރުކުރެއްވުމަށްފަހު ރިކުއެސްޓް ފޮނުވުމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދަން ބޭނުންވާ ފަރާތްތަކުން ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް، އައިޑީކާޑު ނަންބަރާއި ނަން އަދި މިހާރު އުޅޭ އެޑްރެސް ޖެހުމަށް ފަހު 455 އެސްއެމްއެސް ކުރުމަށް ބީއެމްއެލް އިން އެދެއެވެ. ބިދޭސީން އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދާނަމަ ޕާސްޕޯޓް ނަންބަރު ޖަހަންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބްރާންޗް ނުވަތަ ސާވިސްސެންޓަރު ތަކަށް ކަނޑައެޅިފައިވާ ކީވާޑް ތަކަކީ:

  • ކަސްޓަމާ ސާވިސް ސެންޓަރު CSC
  • މެއިން ބްރާންޗް MBR
  • ހުޅުމާލެ ބްރާންޗް HBR
  • ވިލިމާލެ ބްރާންޗް VBR
  • ބީއެމްއެލް އިސްލާމިކް ބްރާންޗް IBR
  • އެކައުންޓް އޯޕަނިންގ ސެންޓަރު AOC
  • ބީއެމްއެލް ލޯން ސެންޓަރު BLC
  • ހުޅުމާލެ ބިޒްނަސް ސެންޓަރު HBC
  • މާލެ ބިޒްނަސް ސެންޓަރު MBC

ބްރާންޗްތައް ހުޅުވާލި ނަމަވެސް މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް މި މުއްދަތުގެ ތެރޭގައި ދޭނީ ހަމައެކަނި އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށެވެ.

ހިދުމަތްތައް ހޯދުމަށް ބޭންކަށް ދާއިރު، މާސްކް އެޅުމަށާއި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށާއި އަމިއްލަ ގަލަން ހިފައިގެން ދިއުމަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ. އަދި ސެނިޓައިޒާ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް