ads
ހިންނަވަރު ދާއިރާގެ މެމްބަރު- ޖީހާނު މަހުމޫދު
މިހާތަނަށް ނުހައްގުން ފެން ތައްޓެއްވެސް ނުބޮން: ޖީހާން
މިހާތަނަށް ފެންތައްޓެއްވެސް ނުހައްގުން ބޮއެފައި ނުވާނެކަމަށް ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެ އެވެ.

ޅ. ހިންނަވަރަށް އުފަން ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރައްވެއްސެކެވެ. އެ ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިންގެ ރަށްވެހިކަން އޮންނަނީ ގަމަށެވެ. އެ ސަބަބާހުރެ މިފަހަރު ގަމުން ދޫކުރި ގޯއްޗަށް ޖީހާން ކުރިމަތިލިިއިރު ގޯތި ލިބުނު ލިސްޓުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. 

އެގޮތުން ގަމުން މި ފަހަރު ދޫކުރި ގޯތި ލިސްޓުގައި ޖީހާންގެ ނަން ވެސް އޮތުމާއެކު އޭނާއަށް ލިބުން ގޯޗާއި މެދު ގިނަ ބަޔަކު ދަނީ ޝައްކު އުފައްދަމުންނެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖީހާން ވިދާޅުވީ އިންސާފުން ބޭރުން ކަމެއް ހާސިލްކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި ކުރިއަތް އޮތް ތަނުގައި ވެސް އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގަމުން ލިބުނު ގޯއްޗާ ގުޅިގެން އޭނާގެ މައްޗަށް ގިނަ ބަޔަކު އެކި ތުހުމަތުތައް ކުރަމުންދާތީ ލިބުނު ގޯތި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ގޯތި ދޫކޮށްލީ ގޯތި ދިން ގޮތާ މެދު ހިތް ހަމަނުޖެހޭތީކަމަށް ވެސް ވިދާޅުވި އެވެ.

" އަޅުގަނޑަކީ މިހާތަނަށް ފެންތައްޓެއްވެސް ނުހައްގުން ބޮއެފަވާ މީހެއް ނޫން. އަދި ނުހައްގުން ނާޖާއިޒު މަންފާއެއް ހޯދުމަށް މަސައްކަތް ކުރާނެ މީހެއް ނޫން. އަޅުގަނޑު އެޕްލިކޭޝަން އަނބުރާ ގެންދިޔައީ އެހެންވެގެން. އެއީ އެކަން ކުރަން އޮތް ޕްރޮސަސްއާ މެދު އިތުބާރު ގެއްލުނީމަ،" ޖީހާން ވިދާޅުވި އެވެ.

ޖިހާންއަށް ގަމުން ލިބުނު ގޯތި ދޫކޮށްލާފައިވާއިރު އޭނާއަށް އެރަށުގައި ދިރިއުޅޭ މީހުންގެ ބައިން 10 ޕޮއިންޓް ލިބިފައިވެ އެވެ. އެހެންކަމުން އެކަން ހިނގާފައިވަނީ އިންސާފުން ބޭރުންކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް