ads
ނެހާ
ނެހާ ހުރީ ހުސްކޮށް!
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު ހުރީ ސިންގަލް ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު ހުރީ ސިންގަލް ކަމަށް އޭނާ ބުނެފި އެވެ.

ނެހާ އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ހިމާންޝް ކޯލީ އާ ރުޅިވި ފަހުން ނެހާ ރިލޭޝަންޝިޕް ސްޓެޓަސް އާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި އެކަމާ ގުޅިގެން އެތައް ފަހަރަކު ސަޕޯޓަރުން ވަނީ ނެހާ އަށް ސުވާލު ވެސް ކޯށްފައެވެ.

ދާދި ފަހުން އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް ނެހާ ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ. އެގޮތުން ނެހާ ވަނީ އޭނާ ސިންގަލް ކަން ކަށަވަރުކޮށްދީފައެވެ.

ނެހާ އެންމެ ފަހުން ފެނިގެން ދިޔައީ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވަ "ކުޗް ކުޗް ހޯތާ ހެ" އިންނެވެ. ގިނަ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް