5041
CONFIRMED

DEATHS
2775
RECOVERED
🌏19,909,062
INFECTED
🌏12,138,271
RECOVERED
🌏732,128
DEATH
🌏61%
RECOVERY RATE
މޯލްޑިވިއަން ފްލައިޓެއް---ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަން އިން ހަފްތާ އަކު 1 ފަހަރު ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރޭ
Share
ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު މިހާރު އަލުން ދަތުރުތައް ފަށާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
Advertisement

މޯލްޑިވިއަން އިން ޕީއެސްއެމް ރާއްޖެ މިއަދުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެކުންފުނިން ބުނީ ދަތުރުތައް އަލުން ފަށާފައިވަނީ ރޯދަ މަހުގެ މެދު ތެރޭގައި ކަމަށެވެ. ރޯދަމަހުގެ މެދު ތެރޭގައި ދަތުރުތައް ފެށި ނަމަވެސް އެ ދަތުރުތަކުގައި އާންމުންނަށް ހުޅުވާލާފައިނުވެ އެވެ.

އެކުންފުނިން ރާއްޖޭގެ އެތޭރޭގެ ދަތުރުތައް މެދުކަނޑާލާފައި ވަނީ އޭޕްރިލް މަހުގެ 15 ވަަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު އެވެ. 

އޭގެ އިތުރުން، ކޮވިޑް-19 އާއި އެކު އެޅި ފިޔަވަޅު ތަކުގެ ދަށުން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށް ފަހު އެކުންފުނިން ވަނީ އަނެއްކާވެސް އަލުން އެ ހިދުމަތްދޭން ފަށާފަ އެވެ. 

މޯލްޑިވިއަން އިން ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް އަލުން ފަށާފައި ވަނީ ޖޫން ހަ ވަނަ ދުވަހު ކަމަށެވެ. 

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަން ގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބެން ހުންނާނީ ހެނދުނު 09:00 އިން ރޭނގަޑު 09:00 އަށެވެ. 

ކޯލް ސެންޓަރުގެ ހިދުމަތް މެދުކަނޑާލާފައި އޮތް ދުވަސްކޮޅު އެ ހިދުމަތް ދެމުން ގޮސްފައި ވަނީ އޮންލައިން ކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް