ads
ސުޝާންތު ސިން ރާޖްޕުތް
ސުޝާންތު މަރުވެފައި އޮއްވާ ފެނިއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އޭނާ އަމިއްލަ އަށް މަރުވެފައި އޮއްވާ ފެނިފައި ވާނީ އޭނާގެ މުމްބާއީގައި ހުންނަ އޭނާ ދިރިއުޅެމުންދާ ގެ އިން ކަމަށެވެ. 

ސުޝާންތު މަރުވެފައި މިވަނީ އުމުރުން 34 އަހަރުގަ އެވެ. 

ބެލުންތެރިންގެ މެދުގައި މަގްބޫލް ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވުނު ސުޝާންތު އެންމެ ފަހުން ފެނިފައި ވަނީ ޗިއްޗޯރް އިން ނެވެ. އެ ފިލްމުން އޭނާ އާއި އެކު ފެނިގެން ގޮސްފައި ވަނީ ޝްރައްދާ ކަޕޫރު އެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުކަން ހޯދައި ބޮލީވުޑް އިން ފެނިގެން ގޮސްފައި ވަނީ 2012 ވަނަ އަހަރު، ކައި ޕޯ ޗޭ އިން ނެވެ. 

އޭނާ ވަނީ ޕީކޭ އަދި ކެޑާނަތް ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. 

ސުޝާންތު ވަނީ އޭނާ މަރުވުމުގެ ކުރިން މުކޭޝް ޗަޕްރާގެ ދިލް ބެޗާރާ ގެ މަސައްކަތް ކުރަމުން ގޮސްފަ އެވެ. މިއީ ދަ ފައުލްޓް އިން އަވާ ސްޓާސްގެ ހިންދީ ރީމޭކެ ކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް