ads
ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ-- ފޮޓޯ: ވެމްކޯ
ވެމްކޯއިން އޮގަސްޓް މަހާއި ހަމައަށް ގޭތަކުން ކުނި ނަގާނީ އިމާރާތުގެ ތިރިން
މާލެ ސަރަހައްދުގެ ގޭބިސީތަކުން އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުނި ނަގާނީ އިމާރާތުގެ ތިރިން ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ފާއިތުވި ހަފުތާތަކުގައި އެ ކޯޕަރޭޝަނުން ކުނި ނެގުމުގައި އަމަލުކޮށްފައިވަނީ ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި އެގޮތުން މިހާރުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމުމާއި ގުޅިގެން، އެ ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ބުނީ މާދަމާއިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން ގޭބިސީތަކުން ކުނި ނަގަމުންދާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ. 

އަދި ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެ ނިކުމެވޭނެ އިންތިޒާމެއް ދުރާލާ ހަމަޖެއްސުމަށް އެދޭކަން ފާހަގަކުރަމުން ވެމްކޯ އިން ވަނީ އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާއަށް ނާރާނެ ކަމަށް ބުނެފަ އެވެ. 

އޭގެ އިތުރުން މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ ކުރިއެކޭ ވެސް އެއްގޮތަށް އެޗްޕީއޭގެ އިރުޝާދުގެ މަތިން އެ ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހަކުން ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ. 

ވެމްކޯ އިން ބުނީ ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މި ހާލަތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން
ޖެހޭތީ، އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް