ads
ސުޝާންތު
ސުޝާންތު އެންމެ ފަހުން އޭނާ ލޯބިވާ މީހުންނާ ވާހަކަދެއްކީ ހެނދުނު
ބޮލީވުޑްގެ ތަރި ސުޝާންތު ސިން އެންމެ ފަހުން އޭނާގެ އާއިލާއި ރައްޓެހިންނާއި ވާހަކަ ދައްކާފައި ވަނީ އިއްޔެ ހެނދުނު ކަމަށް އިންޑިއާގެ ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ސުޝާންތު އެންމެ ފަހުން އޭނާ ލޯބިވާ މީހުންނާ ވާހަކަ ދައްކާފައި ވަނީ ހެނދުނު 10:00 ހާ އިރު އެވެ. އަދި އޭނާ މަރުވެފައި ވަނީ ވެސް އެހާތާގައި ކަމަށް ހަބަރުތައް ބުނެއެވެ. 

އުމުރުން އެންމެ 34 އަހަރުގައި ދަންޖެހިގެން ސުޝާންތު މަރުވެފައި ވާއިރު، އޭނާ ދިޔައީ ފާއިތުވި ހަ މަސް ދުވަހު ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގޭގައި އުޅޭ މަސައްކަތު މީހާ އަށް ކަމަށާއި އޭނާ މާރުވި ހަބަރު އިވުމުން އޭނާގެ ބައްޕަ ހޭނެތިގެން ވެއްޓުނު ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ. 

ސުޝާންތުގެ ހަށިގަނޑު ވަނީ މިހާރު ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ފުލުހުން އޭނާގެ ގެ ބަންދުކޮށްފައި ވާއިރު، މިހާތަނަށް އަދި ސުއިސައިޑް ނޯޓެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ. 

ސުޝާންތުގެ މަރާއި އެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ ހަނދާންތައް އާކޮށް އޭނާގެ ހުނަރަށް ތައުރީފް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް