ads
އެސްއޯއީ ކޮމިޓީގެ މެމްބަރުން-- ފޮޓޯ: މަޖިލިސް
ކާޑުތައް ލީކުވި މައްސަލަ ކޮމިޓީން ބަލަން ނިންމައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކެއްގެ މައުލޫމާތު، ޑާކް ވެބްގައި ލީކުވި މައްސަލަ ބަލަން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އިން ފާސްކޮށްފި އެވެ.

އެ މައްސަލަ ބަލަން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. 

ޑާކް ވެބްގައި ބީއެމްއެލްގެ ކޭޝް ކާޑު ތަކެއްގެ މައުލޫމާތުތަކެއް ވިއްކަން ހުރި ކަން ބައެއް މީހުން ސޯޝަލް މީޑިއާގައި ފާހަގަ ކުރުމާއި ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ކުންފުނިން ކޭޝް ކާޑުގެ ހިދުމަތް ފޯރުކޮށްދޭން ޕާޓްނާވެފައިވާ ދުނިޔޭގެ ބޮޑު ކުންފުންޏެއްގެ ޑޭޓާ ލީކެއްގެ ސަބަބުން ހާމަވެފައިވާ މައުލޫމާތުތަކެއް ކަމަށެވެ. ނަމަވެސް ބޭރު ކުންފުނީގެ ނަމެއް ބީއެމްއެލް އިން ހާމައެއް ނުކުރެ އެވެ. 

ބީއެމްއެލް އިން ބުނީ ބޭރު ކުންފުނިން، އެ ކުންފުނީގެ ޑޭޓާ ކޮމްޕްރޮމައިޒްވެ، ބީއެމްއެލްގެ 350 ކާޑެއްގެ މައުލޫމާތު ހެކަރުންނަށް ލިބުނު ކަން އަންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެއާއި އެކު އެ ކާޑުތަކުގެ ވެރިންނަށް އެކަން އެންގުމަށް ފަހު، ކާޑުތައް ޑިއެކްޓިވޭޓްކޮށް، އެ މީހުންނަށް އާ ކާޑުތައް އިޝޫ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ މައުލޫމާތުތައް ލީކްވީ ބީއެމްއެލްގެ ޑޭޓާ ލީކަކުން ނޫން ކަން ވެސް އެ ބޭންކުން ފާހަގަ ކުރެ އެވެ. އަދި ބީއެމްއެލްގެ ސިސްޓަމެއް ބްރީޗްވެފައި ނުވާ ކަމުގެ ޔަގީންކަން ވެސް ބޭންކުން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް