ads
ރައީސް ވަހީދާއި އިބްރާހީމް ޖައުފަރު--
ޖައުފަރު ގޮވީ ބާގީއެކޭ ނޫން: ވަހީދު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް އިއްޔެ ހެނދުނު ކަސްރަތުގައި އުޅުއްވަނިކޮށް، އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، ގޮވާފައި ވަނީ "ބާގީ" ނޫން ކަމަށް ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ކަސްރަތަށް ވަހީދުގެ ދެކަނބަލުން ނިކުންނެވި ވަގުތު ހިނގާދިޔަ ކަންކަން ގިނަ ބަޔަކު ކުށްވެރިކުރަމުން އަންނަ މިދަނޑިވަޅުގައި އެމްޑީޕީން ރޭ ވަނީ އެކަން ހިނގާދިޔަ ގޮތް ރައީސް ވަހީދު ޓްވީޓާގައި ހިއްސާކުރައްވާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެފަ އެވެ. 

އެމްޑީޕީން ބުނީ އެ ހާދިސާ ހިނގާދިޔަގޮތް އެނގިފައިވާ ގޮތުގައި އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާގީ” ގެ ނަމުން ވަހީދަށް މުހާތަބުކުރައްވާފައި ވަނީ، އޭނާއާ ދިމާއަށް ވަހީދު ވަނަމަކުން ގޮވައި މުހާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ހަމައެކަނި ބަސްތަކަކުން މުހާތަބުކުރެވުނުއިރު “ޖިސްމާނީ ހަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑރ. ވަހީދު ޓްވީޓްކުރެއްވުމަކީ ހަގީގަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއް ކަމަށް ދެކޭ ކަމަށް ބުންޏެވެ.

އެކަމާއި ގުޅިގެން މިއަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާ ގުޅިގެން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްއަކީ ވަރަށް ބޭކާރު ބަހުސްއެއް ކަމަށެވެ. އެގޮތުން ޖައުފަރު، އެމަނިކުފާނަށް ނިސްބަތް ކުރައްވާ، "ބާގީ" އޭ ގޮވި ހަނދާން ނުވާކަމަށާއި އޭނާ ގޮވާފައި ވަނީ "ހަރާމް ***" ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ގައުމު ބަނޑު އަޅާލި **" ފަދަ ތަފާތު ބަސްތަކުން މުހާތަބު ކުރި ކަމަށެވެ. 

ރައީސް ވަހީދު އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި ޖައުފަރު ވަނީ އެމީހުންނާއި ވަރަށް ބޮޑަށް ކައިރިވާން ވެސް މަސައްކަތްކޮށްފަ އެވެ. އަދި ގާނޫނު ނެގެހެއްޓުމުގެ ޒިންމާއޮތް މަޖިލިސް މެމްބަރުން، އާންމުންގެ ކިބައިން އެ ގާނޫނުތައް މުގުރާ އޭނާއަށް ދިމާކުރުމަށް އެދި ވާހަކަ ދެއްކުމުން ހިތާމަކުރާ ކަމަށް ވެސް ވަހީދު ވިދާޅުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އިއްޔެ ޑރ. ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހާދިސާ ހިނގީ އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ތިއްބާ ކަމަށާއި އަދި އެކަން ވަގުުތުން ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް