ads
މެލޭޝިއާއިން ދިވެހިން ރާއްޖެއަށް ގެނައުން--
ރާއްޖެ އަށް ނާދެވިފައި ތިބި 195 މީހަކު ގެނެސްފި
މެލޭގޝިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަށް ނާދެވިފައި ތިބި 195 މީހަކު މިއަދު ގެނެސްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އެ ގައުމުން ނާދެވިފައި ތިބި މީހުން ރާއްޖެ އަށް ގެނައީ މޯލްޑިވިއަން އިން ބޭއްވި ޚާއްސަ ފްލައިޓެއްގަ އެވެ. އެ މީހުން ގެނައުމުގައި މޯލްޑިވިއަންގެ އިތުރުން ދެ ގައުމުގެ ފޮރިން މިނިސްޓްރީ އާއި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ގުޅިގެން މަސައްކަތް ކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަން އިން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ނާދެވި، އެކި ގައުމުތަކުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިން ގެނައުމަށް ޚާއްސަ ފްލައިޓްތައް ބާއްވައިފަ އެވެ. އެ ކުންފުނިން ބުނީ މިހާތަނަށް އެފަދަ 40 ފްލައިޓް ބާއްވައި، 4000 ވުރެ ގިނަ ދިވެހިން ގެނެސްފައިވާ ކަމަށެވެ.

މެލޭޝިޔާ އިން އިތުރު ދިވެހިން ގެނައުމަށް މި މަހުގެ 17 ގައި ވެސް ފްލައިޓެއް ބާއްވާނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އޭގެ އިތުރުން ރާއްޖެ އަށް ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ވަރަށް އަވަހަށް އަވައްޓެރި ލަންކާ އަށް ވެސް އިތުރު ފްލައިޓެއް ބާއްވާނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

މީހުން ގެނައުމުގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ފްލައިޓްތައް ވެސް ބާއްވަމުންނެވެ. އެގޮތުން ރާއްޖެ އަށް ބޭނުންވާ ގިނަ އަދަދެއްގެ މެޑިކަލް ސާމާނުގެ އިތުރުން ކާނާގެ ބާވަތްތައް ވެސް މޯލްޑިވިއަންގެ ފްލައިޓްތަކުން ގެނެސްފައި ވެއެވެ.

މޯލްޑިވިއަން އިން ވަނީ ރާއްޖޭގައި ތިބި ބިދޭސީން އެ މީހުންގެ ގައުމުތަކަށް އަނބުރާ ގެންދިއުމުގައި ވެސް އިސް ރޯލެއް އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް