ads
ސުޝާންތު އަދި ކަންގަނާ--
ސުޝާންތުގެ ކުށަކީ ބޭކާރު މީހެއް ކަމަށް ބުނުމުން ގަބޫލުކުރުން: ކަންގަނާ
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު ނަފްސާނީ ބައްޔާއި ގުޅިގެން ދެކެވޭ ވާހަކަތައް އިތުރުވެއްޖެ އެވެ.

ސުޝާންތުގެ މަރާއެކު ކަންގަނާ އާންމުކުރި ކުރު ވިޑީއޯއެއްގައި ބުނީ އެތައް ހިޓު ފިލްމެއްގައި މަސައްކަތް ކުރުމުން ވެސް އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއްގެ މިންވަރު ވެސް އޭނާއަށް ނުލިބުން ކަމަށެވެ. 

އެގޮތުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރުމުން ވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވާނެ ކަމަށާއި ސުޝާންތުގެ ހަމައެކަނި މައްސަލައަކީ އޭނާއަކީ "ބޭކާރު" ނުވަތަ "އެއްވެސް އަގެއް ނެތް" މީހެއް ކަމަށް ދެއްކުމަށް މީހުން ކުރި ކަންކަން ބަލައިގަތުން ކަމަށް ކަންގަނާ ބުނެ އެވެ. 

ކަންގަނާ ބުނީ ބައެއް މީހުން އޭނާއަށް ވެސް މެސެޖުކޮށް އެފަދަ ހިޔާލުތައް އާދޭތޯ ސުވާލުކުރާ ކަމަށާއި އެކަމަކު އެގޮތަށް މެސެޖުކުރަނީ އޭނާގެ ބޮލަށް އެފަދަ ކަންކަން ވެއްދުމަށް ކަމަށެެވެ.

ގިނަ ބަޔަކު ވަނީ ސުޝާންތުގެ އެންމެ ފަހުގެ އިންސްޓަގްރާމު ޕޯސްޓުން ވެސް އޭނާގެ ހަޔާތުގައި މާޔޫސްކަން އުޅޭކަން އިހުސާސް ކުރެވޭ ކަމަށާއި އެކަމަކު ދެރައީ ވަކިވެގެން ދިއުމުން އެކަން އެނގުމުން ކަމަށް ބުނެފަ އެވެ. 

ސުޝާންތުގެ މަރާއި އެކު ގިނަ ބަޔަކު އޭނާގެ ހަނދާންތައް އާކުރަމުން އަންނައިރު ސުޝާންތުގެ އެންމެ ފަހު އިންސްޓަގްރާމު ޕޯސްޓުގައި ވަނީ އޭނާ އާއި އޭނާގެ މަންމަ އެވެ. ބްލެކް އެންޑް ވައިޓް އެ ފޮޓޯގެ ކެޕްޝަނުގައި ވަނީ އޭނާގެ މާޒީ ކަރުނައިން ކިތަންމެ ފުސް ނަމަވެސް ހުވަފެންތަކުން ހިނިތުންވަމުން އަންނަ ކަމަށެވެ. 

ސުޝާންތުގެ މަރާއެކު ގިނަ ބަޔަކު ނަފްސާނީ މައްސަލަތަކާއި ގުޅިގެން ވާހަކަ ދައްކަމުން އަންނައިރު ކުރިން ނަފްސާނީ ބަލި ތަހައްމަލުކުރި ދީޕިކާ ޕަޑުކޯން ވެސް ވަނީ އެފަދަ މީހުންނަށް ބޭނުންވާނީ މީހުންގެ ލޯތްބައި އަޅާލުން ކަމަށް ބުނެފަ އެވެ. އަދި އެމީހުން ދައްކާ ވާހަކަ އަޑުއަހާނެ މީހަކު ބޭނުންވާނެކަން ވެސް އޭނާ ފާހަގަކުރެ އެވެ. 

ޓީވީ ޝޯތަކުން އާންމުންގެ ހިތް ދަމައިގެން ސުޝާންތު ވަނީ ބޮލީވުޑުގެ ވެސް ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކެދާނަތާއި ރާބްތާ އަދި ޕީކޭ ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު ޗިޗޯރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް