ads
އާދަމް ޝަރީފް އުމަރު--
މި ވަގުތު މުހިންމީ ނާސްތާ ޕްރޮގްރާމަށް ކުރާ ހަރަދު އައިލާތަކަށް ބަހާލުން: ޝަރީފް
މި ދަނޑިވަޅުގައި ނާސްތާ ޕްރޮގްރާމަށް ކުރާ ހަރަދު އައިލާތަކަށް ބަހާލުމަކީ މުހިންމު ކަމެއް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކަށް ދަރިވަރުން ފޮނުވާއިރު އެކުދިންނަށް އެއްޗެއް ކާންދިނުމަށް ފަހު ފޮނުވުމަށް ބެލެނިވެރިންނަށް އެދިފަ އެވެ. އަދި މީހާރު ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމު ވަގުތީ ގޮތުން މެދު ކަނޑާލަން ނިންމާ އެކަން އިއުލާން ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައިވާކަމަށާއި ފުދުންތެރިކަންވެސް ދައްވެފައިވާކަމަށެވެ. އެހެންކަމުން ސްކޫލުތަކުގައި ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމަށް ކުރާ ހަރަދު މި ދަނޑިވަޅުގައި ކިޔަވާ ކުދިންގެ އައިލާތަކަށްދީ އެހީތެރިވުން މުހިންމުކަމަށެވެ. އަދި އެއީ ދިއްކޮށްލެވޭ ބޮޑު އެހީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށްވާއިރު  ސްކޫލު ކުދިން ދުޅަހެޔޮ ސިހައްތުގައި ބެހެއްޓުމަކީ އެ ޕްރޮގްރާމުގެ މަގުސަދެކެވެ. އެގޮތުން މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމު ރަސްމީކޮން އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން 11 ވަނަ ދުވަހު އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލުގައި ނާސްތާން ދޭން ފެށިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް