ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
އާންމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
އާންމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، އެކެެއްގެ މަގާމު ދަށްކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިނީ އާންމުންގެ މީހަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ފުލުހުންގެ ބަޔަކު އަނިޔާކުރި މައްސަލައިގައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށްފަހު ތިން ފުލުހެއް އިއްޔަގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭ އެއް ފުލުހެއްގެ މަގާމު ދަށް ކޮށްފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ. 

މިއީ ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާ ކުރުމަށް ނެގިގެން ދިޔަ ފިޔަަޅެއް ކަމަށާއި ގާނޫނުތައް ތަންފީޒު ކުރުމުގެ މަރުހަލާގައި ފުލުހުން ތިިބި ކަމުގައި ވީނަމަވެސް ކޮންމެ އާންމު ފަރުދަކަށްވެސް ފުލުހުންނާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ ހައްގުލިބެން ޖެހޭނެ ކަމުގައި ސީޕީ ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުންދާ 34 އިންސައްތަ މުވައްޒަފުންނަކީ "އޭލެވެލް" ގެ ސަނަދު ހާސިލްކޮށްފައިވާ ބައެއް ކަން ސީޕީ ހަމީދު ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރަމުންދާ 220 އޮފިސަރުންނަކީ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތައްކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ ހުނަރު އެންމެ ފުރިހަމައަށް ލިބިގެން ދާނީ ވަޒީފާގެ މައިދާނުގައި މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ.

ސީޕީ ހަމީދު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ބިލަށް ވާހަކަ ދައްކަވަމުން ގިނަ މެމްބަރުން ފުލުހުންގެ އިދާރާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުންގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ ފަރާތުން ކުރިމަތި ވެފައިވާ އެކި އަނިޔާތަކުގެ ވާހަކަވެސް ދައްކާ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް