ads
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް--
ގާނޫނުތައް ހެދިނަމަވެސް މުޖުތަމައިން އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓިފައި ނުވޭ: މީކާއިލް
ކަމާގުޅޭ ޤާނޫނުތައް ހެދިފައިވީ ނަމަވެސް މުޖުތަމައިން އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓިފައިނުވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭ ގައި އަންހެނުންނާ މެދު ކުރާ ތަފާތު ކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ އުމުރުން 15 އަހަރާއި 40 އަހަރާއި ދެމެދުގެ އަންހެނުންގެ ތެރެއިން ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ހަޔާތުގެ ކޮންމެސް ހިސާބެއްގައި އަނިޔާއެއް ލިބިފައިވާ ބަޔެއް ކަމުގައެވެ.

މިކަންކަން އިސްލާހު ކުރުމަށް އެކި އަހަރުތަށް މަތިން އެކި ވެރިކަން ތަކުގައި ގާނޫނުތައް ހެދިފައިވީ ނަމަވެސް މުޖުތަމައިން އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓެފައި ނުވާކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިކަން މުޖުތަމައު ތެރޭގައި އޮތީ ގާނޫނުތައް ތަންފީޒު ކުރައްވާ ފަރާތްތަށް އެފަރާތުގެ މަސްއޫލިއްޔަތު އަދާ ނުކުރެވިގެންތޯ ނުވަތަ ޒަމާނުންސުރެ ރާއްޖޭގައި ދިރިއުޅެމުންދާ މީހުންގެ ވިސްނުން ބަދަލު ނުކުރެވި އޮތީމަތޯ ބަލާ ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި މީކާއިލް ފާހަގަކުރައްވާފައިވެއެވެ.

"ތުއްތު ކުއްޖެއްގެ ކައިރީގައި ބޮޑުވެގެން ވާން ބޭނުންވަނީ ކޯޗަކަށްހޭ ބުނީމަ، އެކުއްޖާ ގައުުމުގެ ރައީސަށް ވާން ބޭނުމޭ ބުނީމަ ތަންކޮޅެއް ދެރަކޮށްލާ ގޮތަކަށް ހާދަހާ ނުވިސްނެއޭ ބުނާގޮތަށް ނަޒަރިއްޔާތު ހިންގާލާތަން އަދިވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ." މީކާއިލް ވިދާޅުވިއެވެ.

your imageހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު--

މިޤަރާރާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ގަދަރުވެރި މަސައްކަތެއް އަދާކޮށްގެން އާމްދަނީ ލިބޭ އަންހެންނުންނާއި ފިރިހެނުންނާއި ދެމެދު 2016 ވަނަ އަހަރު ރާއްޖޭގައި ހެދުނު ހަޔަސްޓް ހައުސްހޯލަޑްސް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭއިން ދައްކާ ގޮތުގައި 18 ޕަސެންޓްގެ ފަރަގެއް ވާކަށެވެ. އަދި 40 ޕަސެންޓްގެ އަންހެނުން މަސައްކަތުގެ ދާއިރާއަށް ނިކުމެ އުޅޭ ކަމުގައި ވާނަމަ 75 އިންސައްތައަކީ ފިރިހެނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

މި ގަރާރާއި ބެހޭ ގޮތުން މަޖްލީހުގެ ގިނަ މެންބަރުންތަކެއް މިއަދު ބަހުސް ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ހުރި ތަފާތުކުރުންތަކަށް އަލިއަޅުވާލާ ވާހަކަދައްކާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް