ads
ހުއްދަނެތި މާސްކުގައި ސްކޫލު ބެޖު ނުޖެހޭނެ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއި ނުލާ ސްކޫލުތަކުގެ ބެޖުތައް މާސްކު ތަކުގައި ޖަހާ ނޫޅެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ސްކޫލްތައް އަލުން ހުޅުވާލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު، ބޭނުން ކުރުމަށް ބައެއް ފަރާތް ތަކުން ތައްޔާރު ކުރަމުންދާ މާސްކު ތަކުގައި ސްކޫލުގެ ބެޖު ޖަހައިގެން ވިއްކާ އުޅޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި އެ މިނިސްޓްރީގެ ހުއްދަ އާއ ނުލާ ސްކޫލުތަކުގެ ބެޖުތައް މި ގޮތައް މާސްކު ތަކުގައި ޖަހައިގެން ވިއްކާ ނުހެދުމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ ސްކޫލުތަކުގައި ބޭނުން ކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް މިނިސްޓްރީގެ ހުއްދަ ހޯދުނެއް ނެތި ސްކޫލްތަކުގެ ބެޖުތައް އަމިއްލަ ފަރާތް ތަކުން ބޭނުން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްކޫލު ތަކުގެ ޔުނީފޯމު ތަކުގައި ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުން ކުރެވޭނީ އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރަމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް