ads
ސައިފް އާއި ސުޝާންތު
ސުޝާންތައް އަޅަލާކަމަށް ހެދެނީކަމަށް ބުނެ ސައިފް ބޮލީވުޑަށް ފާޑުކިޔައިފި
މީގެ ދެ ދުވަސް ކުރިން މަރުވި ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ އެކު ބޮލީވުޑްގެ ތަރިން އޭނާގެ ހަދާން އާކޮށް އެ އެންމެންވެސް އޭނާ ދެކެ ލޯބިވާކަމާއި އަޅާލާ ކަމަށް ބުނެ ކުރާ ޕޯސްޓުތަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާން ފާޑު ކިޔައިފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައި ވަނީ ސުޝާންތުގެ މަރާއި އެކު އަވަސް އަވަހަށް މީހުން ސޯޝަލް މީޑިއާގައި ތަފާތު ގޮތް ގޮތަށް ޕޯސްޓުތައް ކުރަން ފެށި ކަމަށެވެ. ސައިފް ދެކޭ ގޮތުގައި މިއީ އޭނާގެ މަރުން ފައިދާއެއް ހޯދަން ވެގެން ކުރާ ކަމެކެވެ. އަދި މިއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވެސް ސައިފް ވަނީ ބުނެފަ އެވެ. 

ސައިފް ބުނީ ސުޝާންތައް އެންމެން ސޯޝަލް މީޑިއާގައި މިހާރު އެ ދެމުންއަންނަ ލޯތްބަށް ވުރެ އޭނާއަށް އިހުތިރާމް ކުރުމުގެ ގޮތުން ހަމަހިމޭން ކަމުގެ ވަގުތު ކޮޅެއް ނުވަތަ ދުވަހެއް ބޭއްވުން ރަނގަޅު ކަމަށެވެ. އަދި މިއީ ކޮންމެހެން އޭނާދެކެ މާ ލޯބިވި ބައެއް ނޫން ކަމަށާއި އެހެން މީހުންނަށް މާ އާޅާލާ ބައެއް ނޫން ކަމަށް ސައިފް ބުންޏެވެ. 

މި މީހުން މަސައްކަތް ކުރަނީ ހަމަ އެކަނި އަމިއްލަ ފައިދާ އަށް ކަމަށާއި ބޮލީވުޑްގައި އެހެން މީހުންނަށް އަޅާލާ ބަޔަކު ނޫޅޭނެ ކަމަށް އޭނާ ބުންޏެވެ. 

ސައިފް ވަނީ މިގޮތަށް ދެއްކެން އުޅުމަކީ މަރުވެފައިވާ މީހާ އަށް ކުރެވޭ ވަރަށް ބޮޑު ބޭ އިހްތިރާމެއް ކަމުގައި ވެސް ބުނެފައެވެ. 

އޭނާ އިތުރަށް ބުނެފައި ވަނީ މިހާރު މީހުން އެކަކު އަނެކަކަށް ކުރާ އިތުބާރު ވަނީ ގެއްލިފައި ކަމަށާއި ސޯޝަލް މީޑިއާގައި 10 ފޮޅުވަތުގެ ޕެރެގްރާފެއް މީހެކޭ ކިޔައިގެން ލިޔުނު ނަމަވެސް ހަމަ ލޮލަށް ފެނުމުން ގިނަ ފަހަރަށް ފެންނަ ކަމަށް ވެސް ނަހަދާނެ ކަމަށެވެ. އޭނާ ވަނީ އުފަންދުވަހުގެ ތަހުނިޔާވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ކިޔާނެ ކަމަށާއި އެހެން ނަމަވެސް ތިމާ އަށް ގުޅައި އެވާހަކަ އެގޮތަށް ދައްކާނީ މަދު ބަޔަކު ކަމަށް ސައިފް ބުންޏެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް