ads
ބޮޑުުވަޒީރު ބޯރިސް ޖޯންސަން---
ކޮވިޑް-19 އަށް ފަރުވާއެއް ހޯދިއްޖެކަން އިނގިރޭސިވިލާތުން އިއުލާންކޮށްފި
ކޮވިޑް-19 ޖެހި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭނެ ބޭހެއް ހޯދިއްޖެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެެއްޖެ އެވެ.

އެ ބައްޔަށް ބޭހެއް ހޯދިއްޖެކަން އިއުލާނު ކުރައްވަމުން ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ބޭހެއް އެގައުމުގެ ތަޖުރިބާކާރު ސައިންސްވެރިން ހޯދާފައިވާ ކަމަށެވެ. އަދި މިއީ އެބައްޔާއި ދެކޮޅަށް ކުރެވުނު މަސައްކަތަކަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ބޮޑުވަޒީރު ޖޯންސަން ފާހަގަ ކުރައްވަ އެވެ. 

ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުން ކުރާނީ "ޑެކްސޮމެތަޒޯން" ނަމަކަށް ކިޔާ ބޭހެއް ކަމަށެވެ. އަދި ފާއިތުވި މަސްތަކަކީ އެގައުމަށް ވަރަށް ހިތާމަވެރި ދުވަސްތަކެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ އެ ބޭހާއި އެކު މަރުވާ މީހުންގެ އަދަދު ބޮޑު އިންސައްތަކަށް ދަށަށް ދާނެ ކަމަށެވެ.

ޑެކްސޮމެތަޒޯނަކީ އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފަރުވާ ހޯދުމުގެ ގޮތުން ކުރި މަސައްކަތުގައި މާޗު އަދި ޖޫން މަހު އެގައުމުން ޓެސްޓުކުރި ބޭސްތަކުގެ ތެރެއިން، ބާރުގަދަ ސްޓިއުރޮއިޑް އެކެވެ. 

your imageޑެކްސޮމެތަޒޯން---

2100 އަށް ވުރެ ގިނަ މީހުންނަށް ޑެކްސޮމެތަޒޯންގެ ކުޑަ ޑޯޒެއް ދުވާލަކު އެއް ފަހަރު ދީގެން 10 ދުވަސް ވަންދެން ފަރުވާ ދެވުނެވެ. އަދި އޭގެ ނަތީޖާ 4321 އާދައިގެ ފަރުވާ ދެވުނު މީހުންނާއި އަޅައި ކިޔެވެ. 

އެގޮތުން އެ ނަތީޖާ ދައްކާ ގޮތުން އެންމެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ޑެކްސޮމެތަޒޯން ބޭނުން ކޮށްގެން ފަރުވާ ދިން ކޮންމެ ތިން މީހަކުން އެކަކު ބަލިން ރަނގަޅު ކުރެވުނެވެ.

ޑެކްސޮމެތަޒޯން އަކީ މީގެ 60 އަހަރު ކުރިން އުފައްދައިފައިވާ ބޭހެކެވެ. އަދި އެއީ ވަރަށް އަގުހެޔޮ ބޭހެއް ކަމަށް ބޮޑު ވަޒީރު ޖޯންސަން އާއި އެކު ނޫސްވެރިންނާއި ބައްދަލު ކުރެއްވި ޕްރޮފެސަރު ޕީޓާ ހޯބައި ވިދާޅުވެ އެވެ.

ބޮޑުވަޒީރު ޖޯންސަންއަށް ފާޑުކިޔާ ވާދަވެރި ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަވަސްކޮށް، އަދި ލޮކްޑައުން އަށް ދިޔަ ދިޔުން ވެސް އަވަސް ކުރިނަމަ މަރުވި މީހުންގެ އަދަދު ދެބައިކުޅަ އެއްބައި މަދުވާނެ އެވެ. 

އިނގިރޭސިވިލާތުން މިހާތަނަށް 299,594 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 42,054 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް