ads
ހިރިޔާ ސްކޫލްތަކުގެ ދަރިވަރުންތަކެއް
ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމައިފި
ނިއު ނޯމަލްއަށް ސްކޫލްތައް ހުޅުވާއިރު ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވުމުގެ ކުރިން ކޮވިޑް-19ގެ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށާއި ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ ދަރިވަރުންގެ މައުލޫމާތު އެއްކޮށް އެ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމުގައިވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ނިއު ނިއުނޯމަލްއަށް ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު ދަރިވަރުންނަށް ބޭނުންވާ މާސްކް ހޯދުމަށް ބެލެނިވެރިންނަށް އިރުޝާދު ދިނުމާއި ސްކޫލް މާހައުލުގައި ގައިދުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުގެ މަސައްކަތް ސްކޫލްތަކުގައި ކުރެވެމުންދާ ކަމަށް މިނިސްޓްރީއިން ހިއްސާކޮށްފައިވެއެވެ. 

އަދި އަތް ދޮވުމުގެ އިންތިޒާމާއި ޑިސްއިންފެކްޓްކުރުމާއި ސެނެޓައިޒް ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަމުން ދާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މާލެ އާއި މޮނީޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ސްކޫލްތައް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ކިޔެވުން އަންނަ މަހުގައި ފެށިގެން ދާއިރު މި ބަލިމަޑުކަމުން ރައްކާތެރިވެ ސަލާމަތްވުމަށްޓަކައި އަމަލުކުރަން ޖެހޭ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދެވިގެން ދާނެ ކަމުގައިވެސް މިނިސްޓްރީއިން ވިދާޅުވިއެވެ. އަދި ބަލީގެ އަލާމާތްތައް ހުރިތޯ ސްކްރީން ކުރުމަށް ބޭނުންކުރާ ހުންބަލާ ތާމޯމީޓަރު ފަދަ ތަކެތި ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ނިއު ނޯމަލްގެ އުސޫލާއި އެކު ޖުލައި އެކެއް ގައި ކިޔެވުން ފެށިގެން ދަނީ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. އޭގެ ދަށް ގްރޭޑްްތަކުގެ ދަރިވަރުން ސްކޫލަށް ދާން ޖެހޭނެ ދުވަހެއް މިނިސްޓްރީއިން މިހާތަނަށް އަންގާފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް