ads
ސައިފް އާއި ދަރިފުޅު ތައިމުރް
ސައިފްގެ އިންޓަވިއު އަކުން ތައިމުރްގެ ހާއްސަ ފެނިލުމެއް
ސައިފް އަލީ ހާން ގެ އިންޓަވިއު އަކުން އަނެއްކާ ވެސް ދަރިފުޅު ތައިމުރް އަލީ ހާން ފެނިގެން ގޮސްފި އެވެ.

އަނުޕާމާ ޗޯޕްރާ އަށް ސައިފް އިންޓަވިއު ދެމުން ދަނިކޮށް ތައިމުރް ވަނީ ސައިފް ގާތަށް އައިސް ސްކްރީނުން ފެނިފަ އެވެ. ތައިމުރް ފެނުމުން އަނުޕާމާ ތައިމޫރް ހާދަ ލޯބި އޭ ބުނުމުން ތައިމުރް ވަނީ އޭނާ ލޯބި ނޫން ކަމަށް ބުނެފަ އެވެ. 

ސައިފް ތައިމޫރަށް އަނޫޕާމާ އެބުނީ ތައިމުރް ވަރަށް "ހޭންޑްސަމް" އޭ ބުނުމުން ތައިމުރް ވަނީ އެކަން ގަބޫލު ކޮށް އަނުޕާމާ އަށް ޝުކުރު އަދާކޮށްފަ އެވެ. 

ސައިފް އާއި ކަރީނާ ވަނީ ދާދި ފަހުން ތައިމުރް އާއި އެކު މަގުމަތިން ފެނިފަ އެވެ. އެހެން ނަމަވެސް ބޭރަށް ނުކުމެ އުޅުނު ވަގުތު ކަރީނާ އާއި ތައިމުރް މާސްކު އަޅައިގެން ހުރި ނަމަވެސް ސައިފް މާސްކު ނާޅާ ހުރުމުން އޭނާ އަށް މީހުން ވަނީ ފާޑު ކިޔާފަ އެވެ. 

ލޮކްޑައުންގެ ދުވަސްވަރު ގޭގައި ބަންދުވެފައި ތިބިއިރު ކަރީނާ ވަނީ އެމީހުންގެ ދުވަސްތައް ހޭދަކުރަމުން އައި ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެގޮތުން ދަރިފުޅުގެ ގިނަ ފޮޓޯތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް