ads
މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދު---
ފިނޭންސް މިނިސްޓަރުގެ ވާހަކަތަކަކީ އިންޒާރުގެ ރަނގަބީލެއް: އިބްރާހީމް ރަޝީދު
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ އިގްތިސާދީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީ އިންޒާރުގެ ރަނގަބީލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދު ވިދާޅުވެއްޖެ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 އަށް ވާހަކަ ދައްކަވަމުން މެމްބަރުން އިބްރާހީމް ރަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އޮގްތިސާދީ ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަތަކަކީ އިންޒާރުގެ ރަނގަބީލެއް ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ އިސްރާފު ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ. 

ދައުލަތުގެ އިސްރާފު ބޮޑުވެ ދައުލަތުގެ ހަރަދުތައް ބޮޑުކަން ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ ފެންނަނީ ދައުލަތުގެ މާލިއްޔަތަށް ބުރަބޮޑު ވެފައިވާތަން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ސިއްހީ ނިޒާމުގެ ސަބަބުން ދައުލަތުގެ އިސްރާފު ބޮޑުވެ ހަރަދު ބޮޑުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުން ރާއްޖޭގެ އިގްތިސާދުހުޅުވުމަށް ގޮވާލާކަން ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ އެގޮތަށް އެ ފަރާތްތަކުން ގޮވާލަނީ އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭ ގޮތެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ގޭގައި ތިބެވެން ނެތްކަމަށާއި، ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ އިގްތިސާދު ހުޅުވަން ޖެހޭކަމަށެވެ. 

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހޭނީ ފަތުރުވެރިކަން ހުޅުވިގެން ކަމަށާއި، އިގްތިސާދުގެ 70 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަން ކަމުގައި އިބްރާހީމް ރަޝީދު ފާހަގަކުރެއްވި އެވެ. 

އިގްތިސާދީ ކޮމިޓީގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވެގެން ދާނެ ކަމަށެވެ. އަދި ދައުލަތުގެ މިއަހަރުގެ ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަންވެސް ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް