ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
މާލީ ހާލަތު ދަށްވެ އިތުރު 12 ބިލިއަން ރުފިޔާ ދައުލަތަށް ބޭނުންވެއްޖެ
ކޮވިޑް-19 ގެ އާއި ގުޅިގެން ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ސަރުކާރުގެ ހަރަދުތައް އިތުރުވެފައިވުމުން ދައުލަތަށް އިތުރު 12 ބިލިއަން ރުފިޔާ ބަޖެޓެއް ބޭނުންވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި އިއްޔެ ކުރިޔަށް ދިޔަ ބައްދަލުވުުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއްވެ، ދައުލަތުން ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވުމުން ގިނަ އަދަދެއްގެ ފައިސާ ހޯދަންޖެހިފައިވާ ކަމަށެވެ.

މިގޮތުން ދައުލަތަށް މިއަހަރަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައި ވީނަަމަވެސް މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ 15.81 ބިލިއަން ރުފިޔާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަންނަ އަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 19 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެ އެވެ.

"މި އަންނަ އަހަރު އަޅުގަނޑުމެން އަންދާޒާ މި ކުރަނީ ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި ދައުލަތަށް ވަންނާނެ ކަމަށް ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ. ފިޒިކަލް ޑެފިސިޓް ހުންނާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ އެބަކުރަން އިތުރު 14.4 ބިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް މިހާލަތުން އަރައިގަތުމަށް 2 އަަހަރު ދުވަސް ނަގާނެކަމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މިހާރު ލިބޭ އާމްދަނީގެ އިތުރުން 12 ބިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި އެވެ.

"މިއަހަރު އަދި ހޯދަން އެބަޖެހޭ 12 ބިލިއަނެއްހާ ރުފިޔާ، އެކި ގޮތްގޮތުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާކޮށްފައިވާތީވެ ރާއްޖޭގެ އިގުތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި ސަރުކާރުގެ ހިންގުން ހުއްޓުމެއް ނެތި ގެންދިއުމަށްޓަކައި ކޮވިޑް-19 ގެ ބަޖެޓެއްގެ ގޮތުގައި 4.2 ބިލިއިން ރުފިޔާ ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް