ads
އިދިކޮޅުން ބޭއްވި ޕްރެސްގެ ތެރެއިން--
ރައްޔިތުންގެ މަޖިލީހަކީ މިހާރު އެމްޑީޕީގެ ހަރުގެއެއް: އާދަމް ޝަރީފް
ރައްޔިތުންގެ މަޖިލިސް މިހާރު ބޭނުންކުރަނީ އެމްޑީޕީގެ ހަރުގެ އެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަލާދިން މައްސަލަގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރުމުން އެކަމަށް ފާޑުވިދާޅުވެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ގައިދުރު ހަރަކާތުގައި ޝަރީފް ވިދާޅުވީ ތާކުންތާކުން ނުޖެހޭ ކަންކަމުގައި މަޖިލީހުގެ ވަގުތުތައް ބޭކާރު ކުރަމުން އަންނަ ކަމަށެވެ.

އަދި އެމްޑީޕީގެ ހަރުގެ އެއްގެ ގޮތުގައި މަޖިލިސް ބޭނުންކުރުމަކީ ރައްޔިތުން އެކަމާ ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ 65 މެމްބަރުން ކުރައްވަމުން ގެންދަވާ ކަންކަން ވަރަށް ހިތިކޮށް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އިއްޔެ މަޖިލިސްގަ ކުއްލި މައްސަލައެއް ހުށަހެޅިގެން ދިޔައީ. ދެގަޑިއިރާ ބައި ވަންދެން ވަގުތު ނަގާލި އެއީ އާންމު މީހަކު މަސައްކަތް ކުރާކަމަށް ވެއްޖެއްޔާ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ބިނާކުރުވަނިވި މަސައްކަތް ކުރެވޭނެ ވަގުތު މަޖިލީސްގަ އެ ނަގާލެވުނީ ރައީސް ވަހީދުއާ ބެހޭ ގޮތުން މީހަކު އެއްޗެއް ބުނީމަ ރައީސް ވަހީދު ކުރެއްވި ޓްވީޓަކައްޓަކާ. މިހާ ތާކުން ތާކުން ނުޖެހޭ ބޭކާރު މަސައްކަތް ކުރެވެމުން މިދަނީ. މިއަދު މަޖިލިސް ހައްދަވަމުން ގެންދަވަނީ އެމްޑީޕީ ހަރުގެ އަކަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ ފުލުހުންގެ ބިލު، އިސްލާހުކޮށް ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ ބޮޑު ދަންތުރައެއް ކަމަށާއި އިސްލާމްދީން ނައްތާލުމަށް އެ އިސްލާހުގެ ދަށުން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެން މިހާރު އޮތް ގޮތަށް އެ ބިލު ބަދަލުކުރާނެކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ އެ އިސްލާހާއެކު ފުލުހުން މާޔޫސް ނުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް