ads
މާލެ މަގުމަތި---
އިންކަމް ޓެކްސް އިން ވެސް ދައުލަތުގެ އާމްދަނީއަށް މާބޮޑު ފައިދާ އެއް ނުލިބޭ: ވޯލްޑް ބޭންކް
ރާއްޖެއިން މިހާރު ނަގަން ފަށާފައިވާ އިންކަމް ޓެކްސް އިން ވެސް ދައުލަތުގެ އާމްދަނީ އަށް މާ ބޮޑު ފައިދާ އެއް ލިބެމުން ނުދާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ އިން ނެރެފައިވާ "ސްޓޯމީ ސީސް" ގައި ބުނެފައި ވާގޮތުން އިންކަމް ޓެކްސް ނަގަން ފެށުމަކީ ދިވެހި ދައުލަތުން އާމްދަނީ ހޯދުމަށް އެޅި ރަނގަޅު ފިޔަވަޅެކެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ދައުލަތުގެ ހަރަދުތަކާއި އަޅާ ބަލާއިރު، އިންކަމް ޓެކްސް އިން އާމްދަނީގެ ގޮތުގައި މާބޮޑު އަދަދެއް ނުލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. 

ވޯލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރުގެ އާމްދަނީ ދަށްވުމުގެ ސަބަބުން މާލީ އިދާރާތަކުން 500 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްފަ އެވެ. 

އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ރެޕިޑް ކްރެޑިޓް ފެސިލިޓީ ގެ ދަށުން 28.9 މިލިއަން ޑޮލަރު މިހާތަނަށް ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ވޯލްޑް ބޭންކުން ވެސް ކޮވިޑް-19 އާ ގުޅުންހުރި އެހީތަކުގެ ދަށުން 30 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. 

ކޮވިޑް-19 އާ ކުރިމަތިލުމުގެ ކުރިންވެސް ދަރަނީގެ ނިސްބަތް ރާއްޖޭގައި އޮތީ މަތީގައި ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދި ގޮންޖެހުންތަކާއި އެކު ދަރަނީގެ ނިސްބަތް އިތުރަށް މަތިވެގެން ގޮސްފައިވާކަމަށް ވޯލްޑް ބޭންކުން ފާހަގަކުުރެ އެވެ. އެއީ ގައުމު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ގައުމުތަކުން ލިބޭ މާލީ އެހީތެރިކަމަށް ބަރޯސާވެފައި އޮތުންކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް