ads
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ---
ސިވިލް ކޯޓުގެ އިސް ގާޒީގެ އިތުރު މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

މީގެ ކުރިން ވެސް އަބްދުﷲ އަލީގެ މައްސަލައެއް ބަލަމުން އަންނަކަން ޖޭއެސްސީން ހާމަކޮށްފައިވާއިރު މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަރު އޭނާއާ ގުޅޭ ގޮތުން ބަލަމުން އަންނަނީ އަބްދުﷲ އަލީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން ވެސް، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ހަމަޖެއްސުމުގައި އޭނާ އިހުމާލުވެފައިވާ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްހާ އަލީގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

އެގޮތުން އޭނާއާ ގުޅިގެން ބަލަމުން އަންނަނީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމިކަމަށް ބުނެވޭ މައްސަލައެއް ކަމަށެވެ. 

އަދި އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ
އިދާރާއިން ހިންގި ތަހުގީގަކަށް ހުރަސް އަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް އަމަލުކުރިކަމަށް ބުނާ މައްސަލައެއް ވެސް އޭނާއާ ގުޅިގެން ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް