ads
ރައީސް ސޯލިހާއި ރައީސް ނަޝީދު --
މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ރައީސް ސޯލިހާ ހިއްސާކުރައްވައިފި
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙްއާ ހިއްސާކުރައްވައިފި އެވެ.

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އެ ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖަހާން މަހްމޫދު، އަދި މަޖިލީހުގެ ރައީސް ހިއްސާކުރައްވާފައިވާ ހިޔާލުތައް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއެކު އެއް ކަރުދާސްކުރުމަށްފަހު، އެ ހިޔާލުތައް މިނިސްޓްރީއާ ހިއްސާކުރުމަށެވެ. 

މިއަދު މަޖިލީހުން ވަނީ ކޮވިޑް-19 ގެ ކުރިން ދިވެހިރާއްޖެއަށް ފަތުރުވެރިން އައުމަށާއި، ފްލައިޓްތައް ޖެއްސުން ފަދަ ކަންކަމަށް ނަގަމުންއައި ފީއެއް ނުވަތަ ޓެކްސްއެއްގެ އިތުރުން އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށާއި، ކަރަންޓީން ނުވެ، ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރަށް ލަފާދޭން ފާސްކޮށްފަ އެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މިވަގުތު ފަތުރުވެރިންގެ އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް