ads
އައްޑޫ ސިޓީ-- ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ
އައްޑޫގައި ދެ އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ
އައްޑޫ ސިޓީގައި ދެ އެެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އައްޑޫ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި މިރޭ 19:40 ހާއިރު އެކްސިޓެއް ހިނގައި ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. 

އޭގެ އިތުރުން އެކްސިޑެންޓުވި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު ދުއްވާލި ވަގުތު ކާރެއްގައި ޖެހި ވެސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެ ދެ އެކްސިޑެންޓް ފުލުހުން ތަހުގީގުކުރަމުން އަންނައިރު ފުލުހުން ބުނީ އެ ދެ އެކްސިޑެންޓުގައި އަނިޔާވީ ތިން މީހަކަށް ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އެންމެންގެ އަތުގައި ވެސް އީ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް