ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ފުލުހުންގެ މުވައްސަސާއަށް އަމުރު ހިންގޭ ގޮތަށް އޮތުމަކީ ސިޔާސީ ނުފޫޒު ފޯރާނެކަމެއް: ޝަހީމް
މަޖިލީހުގެ 241 ކޮމިޓީން ފުލުހުންގެ މުވައްސަސާއަށް އަމުރުކުރެވޭ ގޮތަށް ގާނޫނަަށް އިސްލާހު ގެނައުމަކީ މިހާރަށް ވުރެ ސިޔާސީ ނުފޫޒު އެ މުވައްސަސާއަށް ފޯރާނެކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބިލާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަކީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ ބަޔަކަށްވާއިރު އެ މުވައްސަސާ މިނިވަންކަން މަތީ އޮތުން މުހިއްމު ކަމަށެވެ. 

ނަމަވެސް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލުގައި މަޖިލީހުގެ 241 ކޮމިޓީއަކަށް ބާރު ފޯރުވޭ ގޮތަށް އިސްލާހު ކުރުމަކީ ސިޔާސީ ނުފޫޒު ފޯރާ ފުލުހުންގެ މުވައްސަސާއާ މެދު ޝައްކު އުފެދޭނެ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާ ގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރުން ވަނީ ފުލުހުންގެ މުވައްސަސާ އިސްލާހު ކުރަންޖެހޭ ކަން ފާހަގަކޮށްފައެވެ. އަދި ފުލުހުންގެ މުވައްސަސާ ރިފޯމް ކުރުމަށް މި ބިލަކީ މުހިންމު ބިލެއްކަން މެމްބަރުން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ދެކޭގޮތުގައި ފުލުހުންގެ ހިދުމަތުގެ ބިލަކީ އެ އިދާރާގެ އަގުވައްޓާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް