ads
އެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުން-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1530 ހައުސިން ޔުނިޓްގެ ސްޓްރަކްޗާ ނިމިއްޖެ
ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1530 ހައުސިން ޔުނިޓްގެ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗާގެ މަަސައްކަތް ނިމިފައިވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް ވިދާޅުވެއްޖެ އެވެ.

މިއަދު ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ 1530 ހައުސިން ޔުނިޓްގެ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗާގެ ނިމިފައިވާ ކަމަށެވެ. 

ސަފީރު އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓް ވަގުތަށް ނިންމުމަށް ސީއެމްއީސީއަށް ބާރުއަޅާ ކަމަށާއި އެއީ މި ހާލަތުގައި ރާއްޖެގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. 

އެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ޑިވަލޮޕްމަންޓް ބޭންކް، ސީޑީބީ އިން ރާއްޖެއަށް ދިން 159 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން 7000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް