ads
ދަގަނޑޭ އަދި ނިއުގެ ޗެއަރމަން މޮސްޓާ
ދަގަނޑޭގެ ގޯލް ރަމްޒުކޮށްދެނީ ނިއުރޭޑިއަންޓްގެ ކާމިޔާބީ
އޭއެފްސީ ކަޕުގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ހޮވުނު ދަގަނޑޭގެ ގޯލު ރަމްޒުކޮށްދެނީ ނިއުރޭޑިއަންޓްގެ ކާމިޔާބު ކަމަށް ނިއުރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ނަޝީދު ޢަބްދުﷲ- މޮސްޓާ- ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު، އަދި ނިއުގެ ޗެއާމަން މޮސްޓާ މިހެން ވިދާޅުވީ ދަގަނޑޭގެ މޮޅު ސޯލޯ ގޯލުގެ ވީޑިއޯ އާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

އޭއެފްސީގެ ވެބްސައިޓުގައި އާއްމުންގެ ވޯޓުން ހޮވުނު އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގެ އެންމެ މަގުބޫލު ސޯލޯ ގޯލަކަށް، ހޮވިފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓަށް އަޝްފާގު ޖަހައިދިން ހިތްގައިމު ގޯލެކެވެ. އެ އަހަރު ނިއުރޭޑިއަންޓުންވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ދުނިޔޭގެ ރެކޯޑެއްވެސް ހަދާފައެވެ.

އޭއެފްސީ ކަޕުގައި އިންޑޮނީޝިޔާގައި، އެ ގައުމުގެ ޕާސިބޯކޮޅަށް ދަގަނޑޭ ޖެހި ހުނަރުވެރި ގޯލުގެ ވީޑިއޯ ޓްވީޓު ކުރައްވާ، މޮސްޓާ ވިދާޅުވީ، އެ ގޯލުން ރަމްޒުކޮށްދޭ ނިއުރޭޑިއަންޓްގެ ކާމިޔާބީ ދުވަހަކުވެސް ފޮހެ ނުލެވޭނެ ކަމަށެވެ.

ދަގަނޑޭގެ މި ގޯލް ރަމްޒުކޮށްދެނީ ނިއުރޭޑިއަންޓުގެ ކާމިޔާބީ. މި ކާމިޔާބީ ދުވަހަކުވެސް ފޮހެ ނުލެވޭނެ. ނިއުރޭޑިއަންޓް އަދި އަންނާނެ. ދިވެހި ފުޓްބޯޅައިގަ ފިޔަ ޖަހާތަން ސަޕޯޓަރުން އަދި ބަލާނެ. އިންޝާ ﷲ. މޮސްޓާ ވިދާޅުވި އެވެ.

2013 ވަނަ އަހަރު، ނިއުއިން އޭއެފްސީ ކަޕުގައި އިންޑޮނީޝިޔާގައި އެ ގައުމުގެ ޕާސިބޯ އަތުން ހަތް ލަނޑުގެ ބޮޑު ތަފާތަކުން މޮޅިވި އެ މެޗުގައި ދަގަނޑޭ، އިދިކޮޅު ޓީމުގެ ތިން ކުޅުންތެރިން ފަސޭހަ ކަމާއި އެކު ބީޓްކޮށްލާ، އަދި ގޯލް ކީޕަރުގެ ބީޓް ކޮށްލުމަށްފަހު ޖެހި އެ ގޯލަށް އޭއެފްސީ ޕޯލްގެ 54 އިންސައްތަ ވޯޓް ލިބުނެވެ. އެ މެޗުގައި 7-0 ން ނިއު މޮޅުވި މޮޅުވުމަކީ މިހާތަނަށް ބައިނަލް އަގްވާމީ މެޗެއްގައި ދިވެހި ކްލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ. އެ އަހަރުގެ އޭއެފްސީ ކަޕުގެ ދެވަނަ ބުރުން ނިއު ޖާގަ ހޯދީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް މޮސްޓާ ހަމަ ޖައްސާފައިވަނީ މި އަހަރުގެ މާޗު މަހުއެވެ. މާޗު މަހު، މޮސްޓާވަނީ އަލުން ނިއުރޭޑިއަންޓް، އެ ޓީމުގެ މަގާމަށް ގެނައުމުގެ ގޮތުން ފަންޑް ރައިޒިންގ ޕްރޮގްރާމެއްވެސް ފަށާފައެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އެ މަސައްކަތްވަނީ ހުއްޓިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް