ads
އައްޑޫގައި ލަންކާ މީހަކު އިސްލާމްދީން ގަބޫލުކުރުން--
އައްޑޫގައި އުޅޭ ލަންކާ މީހަކު އިސްލާމްދީން ގަބޫލުކޮށްފި
އައްޑޫ ސިޓީގައި ދިރިއުޅޭ ސްރީލަންކާގެ މީހަކު އިސްލާމްދީން ގަބޫލުކޮށްފި އެވެ.

އަހުމަދު ޝަރީފް ނަމަކަށް ކިޔާ މީހަކު މިއަދު ފޭސްބުކްގައި ކުރި ލައިވްއެއްގައި ފެނިގެންދަނީ މިސްކިތުގެ ތެރޭގައި އެމީހާ، އިސްލާމްދީން ގަބޫލުކުރާ މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ މިއަދު ހުކުރު ނަމާދަށް ފަހު ހިނގި ކަމެކެވެ. 

އިސްލާމްދީން ގަބޫލުކުރުމަށް ފަހު، އެމީހާ މިސްކިތުގެ ތެރޭގައި ތިބި މީހުންނާއި ސަލާމްކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެ އެވެ.

އެކަމަކު އެމީހާ އިސްލާމްވީ އައްޑޫގެ ކޮން ރަށެއްގެ މިސްކިތްތެއްގައި ކަމެއް ސާފެއް ނުވެ އެވެ. އެކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު، އަބްދުﷲ ސޯދިގު ވިދާޅުވީ އެފަދަ މައުލޫމާތެެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ އަދި އެފަދަ މައުލޫމާތެއް މިނިސްޓްރީއަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި މަސައްކަތް ކުރާ އެކި ގައުމުތަކުގެ މީހުން ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް