ads
ދިފާއީ ނިޒާމު ވަރުގަދަ ކޮށްލާ ވިޓަމިންއާއި މިނަރަލްތައް
ދިފާއީ ނިޒާމު ވަރުގަދަ ކޮށްލަދޭ ފަދަ ވިޓަމިން އާއި މިނަރަލްތައް ކޮންމެ މީހެއްގެ ކެއުމުގައި ވެސް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީވެސް މުހިންމު ކަމެކެވެ.

ވިޓަމިން އާއި މިނަރަލްތައް ކެއުމުގައި ބޭނުން ކުރުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްލާ ހަށިގަނޑަށް ބަލިތައް ވަނުމާއި، އަދި ބަލިން ދުރުކޮށްދީ ބަލި ޖެހުމުން ބަލި ދިފާއު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން ކައިބޮއެ އުޅޭ އެއްޗިއްސާއި މީހާގެ ސިއްހަތަށް ހާއްސަ ސަމާލު ކަމެއް ދޭން ވަނީ ޖެހިފަ އެވެ. 

އެގޮތުން، ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެކި ކަހަލަ މާއްދާއާއި، ވިޓަމިން އަދި މިނަރަލްތައް ކެއުމުގައި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. ހަށިގަނޑަށް ފައިދާ ކޮށްދޭ އަދި ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މާއްދާތައް ވަރަށް ގިނަ ވެފައި ލިބިގަންނަން ފަސޭހަ އެވެ.

  • ވިޓަމިން ޑީ: ބިހާއި، ކަނޑު މަސް، ކުކުޅު އަދި ކޮޑް ލިވާ ފަދަ އެއްޗެހީގައި އެކުލެވޭ މި ވިޓަމިން އަކީ ދިފާއީ ނިޒާމު އެކްޓިވޭޓްކޮށްލާ އަދި ވަރުގަދަ ކޮށްލުމަށް އެންމެ މުހިންމު ރޯލެއް އަދާ ކުރާ އެއް ވިޓަމިން އެވެ. އަދި ވައިރަހެއް ނުވަތަ ބެކްޓީރިއާއެއް ހަށިގަނޑަށް އެތެރެވާ ހާލަތެއްގައި އެ ބެކްޓީރިއާ ނުވަތަ ވައިރަސް ދިފާއު ކުރުމަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދޭ އެއް މާއްދާއަކީ ވެސް ވިޓަމިން ޑީ އެވެ. ނަމަވެސް އެންމެ ރަނގަޅަށް ވިޓަމިން ޑީ ލިބިގަނެވޭނެ ގޮތަކީ އިރުގެ ދޯދިތަކުން ކަމަށް ނިއުޓްރިޝަނިސްޓް ޑރ. ރޮހީނީ ސޮމްނަތު ޕްޓީލް ވަނީ ބުނެފަ އެވެ.
  • ވިޓަމިން ސީ: ވިޓަމިން ޑީ ދިފާއީ ނިޒާމު އެކްޓިވޭޓް ކޮށްލުމުން، ދިފާއީ ނިޒާމު ވަރުގަދަކޮށްލުމަށް އެނެމެ ބޮޑު އެހީއެއް ފޯރުކޮށްދެނީ ވިޓަމިން ސީ އިންނެވެ. އެގޮތުން، ލުނބޯ، އޮރެންޖު، ކިވީ، އަނބު އަދި ސްޓްރޯބެރީ ފަދަ ވިޓަމިން ސީ އެކުލެވޭ މޭވާއާއި ތަރުކާރީ ކެއުމަކީ މުހިންމު ކަމެކެވެ. ވިޓަމިން ސީ އަކީ އެންޓައި އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މާއްދާއެއް ކަމަށާއި ދިފާއީ ނިޒާމު ވަރުގަދަކޮށްލާ މާއްދާ އެއް ކަމަށް ޑރ. ސޮމްނަތު ވަނީ ބުނެފަ އެވެ.
  • ވިޓަމިން އީ: މި މާއްދާއަކީ ވެސް ބަލިތަކުން ހަށިގަނޑު ދުރުކުރުމަށް އެހީތެރިވެދޭ ވަރުގަދަ ވިޓަމިން އެކެވެ. އެންޓައި އޮކްސިޑެންޓެއް ގޮތުގައި މައްސަކަތް ކުރާ ވިޓަމިން އީ ސަންފްލާވާ އޮށުންނާއި، ޕީނަޓްސް، އާމަންޑް އަދި ހޭޒަލްނަޓް ފަދަ އެއްޗެހިން ލިބެ އެވެ.
  • މެގްނީޒިއަމް އަދި ޒިންކް: ވިޓަމިން ޑީ އާއި ވިޓަމިން ސީ އާއި އެއްކޮށް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ހަށިގަނޑުގައި ހިމެނޭ އެންޒައިމް އެކްޓިވޭޓު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ މި ދެ މާއްދާއިން ކަމަށް ޑރ. ސޮމްނަތު ވަނީ ބުނެފަ އެވެ. މެގްނީޒިއަމް އިން ވިޓަމިން ޑީ ބޭނުންކުރެވޭ ހާލަތު އެކްޓިވޭޓް ކޮށްދޭއިރު ޒިންކުން ހަށިގަނޑު އިންފްލެމޭޓު ވުމުން ދުރު ކޮށްދެ އެވެ. ޗޮކްލެޓު ފަދަ އެއްޗެހިން ވެސް މެގްނީޒިއަމް ހަށިގަނޑަށް ލިބިގެންދެ އެވެ.
  • ސެލީނިއަމް: ސެލީނިއަމް އިން ދިފާއީ ނިޒާމަށް ވަރުގަދަ އަސަރު ތަކެއް ކުރާ ކަމަށް ޑރ. ސޮމްނަތު ވަނީ ބުނެފަ އެވެ. އެގޮތުން، އެކިކަހަލަ ކެންސަރުން ހަށިގަނޑު ދުރުކޮށް ދިނުމަށް ސެލީނިއަމް އެހީތެރިވެދޭ ކަމަށް ޑޮކްޓަރު ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންވުމުން ލޮނުމެދު، ބްރޮކޮލީ، ސާޑީން، އަދި ކަނޑުމަސް ފަދަ މި މާއްދާ އެކުލެވޭ ކާއެއްޗެހި ޑައަޓުގައި ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް