ads
ދިވްޔަންކާ-
ހޮސްޕިޓަލު ފުރި އެނދެއް ނުލިބުނު މީހަކަށް ދިވްޔަންކާގެ ޓްވީޓާއެކު އެނދެއް ހަމަޖެހިއްޖެ
އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާ އަށް ގިނަވެ، ހޮސްޕިޓަލްތައް ފުރިފައިވާތީ އެ ބަލީގެ އިތުރުން އެހެން ބަލިތަކުގެ މީހުންނަށް ވެސް ހޮސްޕިޓަލުން އެނދު ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެގޮތުން ކޮވިޑް-19 ނޫން އެހެން ބައްޔަކަށް ފަރުވާ ހޯދަން ހޮސްޕިޓަލުން އެނދެއް ނުލިބިފައި ހުރި މީހަކަށް އެހީވުމުގެ ގޮތުން ބަތަލާ ޑިވްޔާންކާ ޓްރިޕާތީ ޓްވީޓެއް ކޮށްފި އެވެ.

މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ދިވްޔާންކާ ޓްވީޓް ކުރީ މަހާރާސްޓްރާގެ ބީއެމްސީ ހޮސްޕިޓަލުން އެނދެއް ހޯދުމަށެވެ. ދިވްޔާންކާ އެކަން ކޮށްފައިވަނީ ޓްވިޓާގައި މީހަކު އޭނާގެ ބައްޕަގެ ހާލު ދެރަވެ، ވަރަށް ބޮޑަށް ސިއްހީ ފަރުވާ ބޭނުންވެފައިވާ ކަމަށް ޓްވީޓް ކުރުމުން، އެ ޓްވީޓް ފެނިގެންނެވެ.

ދިވްޔާންކާ ޓްވީޓް ކުރިތާ އިރުކޮޅެއްގެ ތެރޭގައި ބީއެމްސީގެ އާރު-އެސް ވާޑް އިން ވަނީ ބަލިމީހާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި އޭނާގެ ޓްވީޓަށް ރިޕްލައި ކޮށްފަ އެވެ. އެހާ އަވަހަށް ހޮސްޕިޓަލުން މިކަމުގައި ފިޔަވަޅު އަޅާފައިވާތީ، ދިވްޔާންކާ ވަނީ ހޮސްޕިޓަލަށް ޝުކުރު އަދާކޮށްފަ އެވެ.

އެތައް ބަޔަކު ވަނީ ދިވްޔާންކާގެ ޓްވީޓާއި އެކު އޭނާ އަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން އެހެން ތަރިން ވެސް އެ މީހުންގެ ނުފޫޒު މިފަދަ ކަންކަމުގައި މީހުންނަށް އެހީވާން، ހެޔޮގޮތުގައި ބޭނުން ކުރުމަށް އެތައް ބަޔަކު ވަނީ ޓްވިޓާގައި ގޮވާލައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް