ads
ޝަހީދު ހުސެއިން އާދަމް ބިލްޑިން
އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްނުވުމަށް ފުލުހުން އަންގައިފި
ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ހިލާފަށް އެއްނުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގައިފި އެވެ.

އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްނުވުމަށް ފުލުހުން އާންމުކޮށް އެނގި އިރު އިދިކޮޅު ކޮލިޝަނުން ދަނީ އެއްވުންތައް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުލުހުންގެ ޓްވީޓުގައި ވަކި ބައެއްގެ ނަން ބުނެފައެއްނުވެ އެވެ.

ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ކޮވިޑް-19 ގެ ފުރަބަންދަށް ލުއި ދިންކަމުގައި ވިޔަސް ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އަމަލުކުރާނެ އުސޫލަތައް ހާމަކޮށްފައިވާ މި ދަނދިވަޅުގައި ބައެއް ފަރާތްތަކުން އިރުޝާދުތަކާ ހިލާފަށް އެއްވުން ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން ހެދިފައިވާ އުސޫލުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށް ބުނެފައިވެ އެވެ. އެގޮތުން ފޭސް ދޭއްގައި ދީފައިވާ ލުއިތަކުގެ ތެރެއިން ބޭރުގައި އުޅުމުގައި ތިން މީހުންނަށް ވުރެ ގިނައިން އުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ތެރެއިން މަނާ ކުރެވިފައިވާ ކަމަށާއި އަދި ބޭރުގައި އުޅޭއިރުވެސް އެހެން މީހުންނަށް ބަލި ނުޖެހޭނެ ގޮތަށް ކަންކަން ބެހެއްޓުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެ އެވެ.

ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ބުނެފައިވާއިރު ސަރުކާރުން އަމަލުކުރަމުން އަންނަ ދޯހަޅި ވިސްނުންގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހެމުން އަންނަކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެ އެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހްތިޖާޖު ކުރަން ތައްޔާރުވަމުން އަންނަކަން ކަމަށް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް