ads
ޔޫއޭއީ އިން ރާއްޖެ އަންނަން ހުއްދަ ދީފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެ ގައުމުގެ ރައްޔިތުން ރާއްޖެ އަންނަ ހުއްދަ ދީފި އެވެ.

ކޮވިޑް-19 އާއި އެކު ގައުމު ބަންދުކޮށް، ދަތުރުފަތުރު ކުރުން މަނާ ކޮށްފައި އޮތުމަށް ފަހު ޖޫން 23 ވަނަ ދުވަހު އެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޔޫއޭއީ ގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. 

އެގޮތުން އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމު ތަކުގެ ރައްޔިތުންނަށް ގައުމުތަކަށް ދަތުރުކުރުމަށް ހުއްދަ ދިނުމަށް ޔޫއޭއީ އިން ނިންމާފައިވާއިރު، އެ ގައުމުން ވަނީ ރައްޔިތުންނަށް ދަތުރު ކުރެވޭ ގައުމުތައް ތިން ކެޓަގަރީ އަކަށް ބަހާލާފަ އެވެ. 

އެއީ، "ހައި ރިސްކް" ގައުމުތައް، "މޮޑަރޭޓް ރިސްކް" ގައުމުތައް އަދި، "ލޯ ރިސްކް" ގައުމުތަކެވެ.

ޔޫއޭއީ އިން ވަނީ ރާއްޖެ އަކީ އެ ގައުމުގެ ރައްޔިތުން ދަތުރުކުރަން "ލޯ ރިސްކު" ގައުމެއް ކަމަށް ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން އެ ގައުމުގެ ސަރުކާރުން މިދޭ ލުއިތަކާއި އެކު 23 ވަަނަ ދުވަހުން ފެށިގެން އަދި ދަތުރުކުރުމަށް ހުއްދަ ދޭނީ ހަމައެކަނި ލޯ ރިސްކު ގައުމުތަކަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ 41 ގައުމެވެ. ރާއްޖެ އަކީ އެ ކެޓަގަރީ ގައި ހިމެނޭ ދެކުނު އޭޝިއާ ގެ ހަމަ އެކަނި ގައުމު އެވެ. 

ޔޫއޭއީ ގެ ސަރުކާރުން ވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން، ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ "މޮޑަރޭޓް ރިސްކް" ގައުމަކަށް ދަތުރު ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ބުނެފަ އެވެ. 

ޔޫއޭއީ އިން މިގޮތަށް ނިންމާފައި ވާއިރު، މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ 94 ޓެރެވަލް އެޖެންސީން ބައިވެރިވެ ކުރިއަށް ގެންދިއަ ސާވޭ އަކުން އެ ސަރަހައްދުގެ ރައްޔިތުން އެންމެ އަންނަ ބޭނުންވާ ގައުމުގެ ގޮތުގައި ރާއްޖެ ވަނީ ހޮވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް