ads
މީގެ ކުރިން އެ ޖަމިއްޔާއިން ބޭއްވި އެއްވުމެއްގެ ތެރެއިން--
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނަވާނަވައި އިން މަޖިލިސް ދޮށަށް އެއްވަނީ
މިދަނޑިވަޅުގައި އެއްވުންތައް ނުބާއްވަން ފުލުހުން އިލްތިމާސްކޮށްފައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންގެ މަޖިލިސް ދޮށަށް ހޯމަ ދުވަހު އެއްވާނެ ކަމަށް ސިޔާސީ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައި އިން ބުނެފި އެވެ.

ނަވާނަވައި އިން އަންނަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސް ކުރާ ގޭދޮށަށް އެއްވުމަށް ތައްޔާރުވަމުންނެވެ. އެކަމަކު މިއަދު ވެސް ފުލުހުން ވަނީ ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ހިލާފަށް އެއްނުވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެ އެވެ. 

އެކަމާއި ގުޅިގެން ނަވާނަވައިގެ ތަރުޖަމާނު އަދި ފައުންޑާ މެމްބަރެއް ކަމަށްވާ ފާތިމަތި ޝާއިރާ ވިދާޅުވީ މިދަނޑިވަޅުގައި މަޖިލިސް ދޮށަށް އެއްވާން ނިންމާފައިވަނީ ގޭގައި ވެސް ރައްކާތެރިކަމެއް ނެތުމުން ކަމަށެވެ. އެގޮތުން މީހުންގެ އާމްދަނީއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގެއިން ނެރެ އެއްލާލާނީ ކޮންއިރަކުކަން ނޭނގޭ ކަމަށާއި މިފަހުން ވެސް އެތައް ބަޔަކު މަގުމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝާއިރާ އިތުރަށް ވިދާޅުވީ މި މަހުގެ ތެރޭގައި ވެސް އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ކޮންޓްރެކްޓް އާންމުކޮށް ހަމަވަނީ ޖޫން ޖުލައިގައި ކަމުން މިދަނޑިވަޅުގައި ވެސް އެތައް ބައެއްގެ ވަޒީފާ ގެއްލުން ނަމަވެސް އެމީހުންނަށް ސަރުކާރުން ދޭ އިނާޔަތް ވެސް ނުލިބޭ ކަމަށް ޝާއިރާ ވިދާޅުވި އެވެ. 

މިހާލަތުގައި އެތައް ރައްޔިތުންނެއް ހާލުގައި އުޅެމުން އަންނައިރު އެކަމަށް ހައްލެއް ހޯދަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާ ތަން ނުފެންނަކަން ފާހަގަކުރައްވާ ޝާއިރާ ވިދާޅުވީ މަޖިލީހުން ފެނިގެންދަނީ ސިޔާސީ މަންފާއަށްޓަކައި މަސައްކަތް ކުރާ ތަން ކަމަށެވެ. އެގޮތުން ދަންވަރު ވެސް އެފަދަ ކަންކަން ކުރަން ޖަލްސާތައް ބޭއްވޭ ކަމަށްކަމަށް ވެސް ވިދާޅުވި އެވެ. 

ޝާއިރާ އިތުރަށް ވިދާޅުވީ އެ ސަރަހައްދަށް އެއްވާ ފަރާތްތަކުން ތިބޭނީ ގައިދުރުކަން ވެސް ދަމަހައްޓައިގެން ކަމަށާއި އަދި މާސްކް ވެސް އަޅައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. 

މަޖިލިސް ދޮށަށް އެއްވާން ނިންމިއިރު ރާއްޖޭގެ 99 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މަހުން މަހަށް ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހި އުޅެންޖެހިފައިވާ ބަޔަކަށްވެފައި ކޮވިޑް-19 އާ ގުޅިގެން ވެސް އެތައް ބައެއްގެ ވަޒީފާތައް ގެއްލިފައިވާ މިދަނޑިވަޅުގައި އިންކަމް ސަޕޯޓް އެލަވަންސް އެންމެނަށް ދިނުމަށް ވެސް މިދިޔަ މެއި މަހުގެ ތެރޭގައި އެޖަމިއްޔާއިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެގޮތުން ރައީސްއަށް ފޮނުވި ސިޓީގައި ވަނީ ދަތި ހާލުގައި އެހީ ނުލިބި ދިގު މުއްދަތެއް ފާއިތުވެގެންދާއިރު މަސައްކަތްތެރިންނަށް ދިމާވެފައިވާ ތަކުލީފައި ނުބައްދަލު މިންވަރެއްގެ އެހީއެއް، ނަމެއްގައި ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް