ads
އިކޮނޮމިކް މިނިސްޓްރީ
ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ ތާރީހު ފަސްކޮށްދީފި
ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ ތާރީހް ފަސްކޮށްދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކުންފުންޏާ ބެހެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ، އަހަރީ ފީ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފައި ވާކަމަށަވެ. 

އެގޮތުން ކުންފުނި ތަކުގެ އަހަރީ ފީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެ އެވެ. 

އެ މިނިސްޓްރީ އިން ވަނީ އަހަރީ ފީ ޖޫރިމަނާ އަކާ ނުލައި އެ މުއްދަތުގެ ނިޔަލަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.

ކުންފުނިތަކުގެ އަހަރީ ފީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހު ދައްކަންޖެހޭ އިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގިނަ ކުންފުނިތަކުގެ އާމްދަނީ އަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި 10،000 ރުފިޔާ ދައްކަންޖެހޭއިރު، އަމިއްލަ ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 2،000 ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް