ads
ލަންކާގައި އިއްޔެ ކޮވިޑް-19ގެ އެއްވެސް ކޭހެއް ނުފެނޭ
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސްރީ ލަންކާއިން ކޮވިޑް-19ގެ އެންމެ ކޭހެއްވެސް ރިޕޯޓު ކޮށްފައި ނުވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓު ކޮށްފި އެވެ.

ސްރީ ލަންކާ ގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މީހަކު ވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ ނުވާ ކަމަށް ހެލްތު މިނިސްޓްރީގެ އެޕިޑޮމޮލޮޖީ ޔުނިޓުން ނެރެފައިވާ ރިޕޯޓަށް ހަވާލާދީ ލަންކާގެ މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.

މިހާތަނަށް އައިއިރު ސްރީ ލަންކާއިން 1،950 ކޭސް ފެނިގެން ގޮސްފައިވާއިރު މިހާރު އެ ގައުމުގެ އެކި ހިސާބުގައިވާ ހޮސްޕިޓަލުތަކުން ފަރުވާދެމުން ދަނީ އެތަނުން 467 މީހުންނަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އޭގެ އިތުރުން، ކޮވިޑް-19 އަށް ފަރުވާދީ އެ ބަލިން އިތުރު 23 މީހަކު ރަނގަޅު ކޮށްފައިވާ ކަމަށާއި، ބަލިން ރަނގަޅު ކުރެވުނު މީހުންގެ އަދަދު ޖުމްލަ 1،472 އަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަރާފައިވާ ކަމަށްވެސް މީޑިއާއިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ކޮމިއުނިޓީ ސްޕްރެޑެއް ނުފެންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވުމުން އެ ގައުމުގެ ސަރުކާރު ސްކޫލުތައް މި މަހުގެ 29 ވަނަ ދުވަހު ހުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަހުގެ ކުރީކޮޅު އިއުލާން ކޮށްފަ އެވެ.

އަވައްޓެރި ސްރީ ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ވަނީ ކާފިއު އިއުލާންކޮށް، ސްކޫލުތަކާއި މީހުން އެއްވެ އުޅޭ އެކި ތަންތަން ބަންދު ކޮށްފަ އެވެ. އެ ގައުމުގައި، މިހާތަނަށް ވައިރަސް ޖެހިގެން މަރުވެފައި ވަނީ 11 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް