ads
ސްކޫލް ދަރިވަރުންތަކެއް: ސްކޫލަށް ދާން ބޭނުންވާކަމަށް ބުނާ ވީޑިއޯތަކެއް ކުޅުވަނީ--
ސްކޫލަށް ދާން ބޭނުންވާކަމަށް ބުނާ ވީޑިއޯތަކެއް ދަރިވަރުން ލައްވާ ކުޅުވަނީ!
ސްކޫލްތައް ހުޅުވުމާ ދެކޮޅަށް ބައެއް ފަރާތްތަކުން އަޑު އުފުލާ ހަދަމުންދާތީ އެ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން ސްކޫލަށް ދާން ބޭނުން ކަމަށް ބުނާ ވީޑއޯތަކެއް ބައެއް ދަރިވަރުން ލައްވާ ކުޅުވަން ފަށައިފި އެވެ.

ނަން ނުޖަހަން ސަރުތުކޮށް ސީއެންއެމްއާ ވާހަކަ ދެއްކި ލީޑިން ޓިޗަރުން ބުނީ މިނިސްޓްރީގެ އެންގުމަށް ކަމަށް ބުނެ ދަރިވަރުން ލައްވާ ވީޑިއޯއެއް ކުޅުވަން ސްކޫލުގެ މެނޭޖްމަންޓުން އަންގަމުންދާކަމަށެވެ.

"މިނިސްޓްރީން އަންގައިގެން ކުރާ ކަމެކޯ ބުނި. ދަރިވަރުން ލައްވާ ވީޑިއޯ ކުޅުވަނީ ސްކޫލަށް ދާ ހިތްވާކަމަށް ބުނާ  މެސެޖެއް ދިނުމަށް. މި މެސެޖް ދޭން ވެގެން އުޅެނީ ސްކޫލް ހުޅުވައިގެން ކިޔަވައިދިނުމާ މެދު ކަން ބޮޑުވުން ހުރެގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާތީ އެކަމަށް ރައްދުދިނުމުގެ ގޮތުން ކަމަށްވަނީ،" ސީއެންއެމްއާ ވާހަކަ ދެއްކި ލީޑިން ޓިޗަރުން ބުންޏެވެ.

ލީޑިން ޓިޗަރުން ބުނީ ސްކޫލުގެ އެންގުމާ އެއްގޮތަށް އެކަން ވޭތޯ މަސައްކަތް ކުރަމުންދާކަމަށާއި އެކަން ނުކޮށްފިނަމަ ސްކޫލުން ހިންގާ ކަންކަމުގައި ތަފާތުކޮށްފާނެކަމަށެވެ. ދަރިވަރުން ލައްވާ އެގޮތަށް ވީޑިއޯ ކުޅުވުމަކީ ގޯސް ކަމެއް ކަމަށް އިހްސާސްވަނީ މިނިސްޓްރީ ޕްރޮމޯޓް ކުރުމަށް ދަރިވަރުން ބޭނުން ކުރާތީ ކަމަށް ލީޑިން ޓިޗަރުން ބުނެ އެވެ.

ދަރިވަރުން ލައްވާ ވީޑިއޯ ކުޅުއްވާތޯ ދައްކާ ވާހަކަ އާ ގުޅިގެން އެޑިޔުކޭޝަން މިިނިސްޓްރީގެ ބަހެއް ހޯދުމަށް ވަރަށް ގިނަ ފަހަރަކު މަސައްކަތްކޮށް ވެސް ވަނީ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތްނުވަފައެވެ.

މިދިޔަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް ޖެހުނު ފުރަތަމަ މީހާ ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސަރުކާރުން ފެށި އެެވެ. އެ ދުވަހުން ފެށިގެން ފުލް ލޮކްޓައުން އަކަށް މާލެ ގެންދިޔަ އެވެ. އޭގެ ކުރިން ސްކޫލްތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.

ސްކޫލްތައް ބަންދުކޮށްފައިވަނީ ފުރަތަމަ ޓާމުގެ ސްޓަޑީ ބްރޭންކަށް ބަންދުކުރި ގޮތަށެވެ. ސްޓަޑީ ބްރޭންކް ނިމުނު އިރު ކޮރޯނާ ވަރަސްގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރި ގޮތަށް އަދި ވެސް އޮތީ ސްކޫލްތައް ބަންދުކޮށްފަ އެވެ.

ސްކޫލްތައް ބަންދުކޮށްފައި އޮތް އިރު ޓެލެކްލާސް މެދުވެރިކޮށް ދިޔައީ ކިޔަވައިދެމުންނެވެ. ޓެލެކްލާހަށް ދަރިވަރުންގެ ޝައުގުވެރިކަން ހުރިކަން ދެއްކުމަށް ބެލެނިވެރިން ލައްވާ ޓެލެކްލާސް ގަޑީގައި ކިޔާ މަންޒަރު ދައްކުވަވއިދޭ ފޮޓޯ ނަގާ ޓީޗަރުންނަށް ހިއްސާކުރުމަށް ސްކޫލްތަކުން ވަނީ ބެލެނިވެރިންނަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް