ads
ޖަލުން ސާމްޕަލް ނަގަނީ--
މާލޭ ޖަލުގެ އޮފިސަރަކު ޕޮޒިޓިވްވުމާއެކު އެތަނުން 101 ސާމްޕަލެއް ނަގައިފި
މާލޭ ޖަލުގައި މަސައްކަތް ކުރާ އީއެސްޖީ އޮފިސަރަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖަލުން 101 މީހެއްގެ ސާމްޕަލް ނަގައިފި އެވެ.

ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލު، މިރޭ ސީއެންއެމްއަށް ވިދާޅުވީ މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، އެޗްޕީއޭއާއި އެ ސާވިސް ގުޅިގެން 101 ސާމަޕަލް މާލޭ ޖަލުން މިއަދު ނަގާފައިވާ ކަމަށެވެ. 

އެގޮތުން ސާމްޕަލް ނަގާފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން އަދި 24 ގައިދީންނާއި ބަންދުމީހުންގެ އިތުރުން ހަތް ވެއިޓަރުންގެ ކަމަށް އޮފިޝަލް ވިދާޅުވެ އެވެ. 

މާލޭ ޖަލުން އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ކަރެކްޝަންސުން ވަނީ އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ފަށާފަ އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވި ގޮތުގައި ޖަލުން ޕޮޒިޓިވްވީ މަގުމަތިން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާއާ ކޮންޓެކްޓްވި އޮފިސަރެކެވެ. 

އެއާއެކު މިމަހުގެ 18 ވަނަ ދުވަހު ހޯމް ކަރަންޓީނަށް ދިއުމަށް އޮފިސަރަށް އެންގި ކަމަށާއި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތްތައް އޭނާ ރިޕޯޓްކުރުމާއި ގުޅިގެން ނެގި ސާމްޕަލަކުން އިއްޔެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ޖަލުގެ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރެންޑަމް ސާމްޕަލްތަކެއް ވެސް އެކި ޖަލުތަކުން ނަގާފައިވީނަމަވެސް އެ ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް