ads
އަލުން ކެފޭ ރެސްޓޯރަންޓް ހުޅުވާލާއިރު ޝީޝާ، ވޭޕް އަދި ސިނގިރޭޓް ބުއިން މަނާ!
ނިއު ނޯމަލްގައި ކެފޭ ރެސްޓޯރަންޓުތައް ހުޅުވާލާއިރު އެތަންތަނުގައި ޝީޝާ އާއި ވޭފް އަދި އީ-ސިނގިރޭޓް ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

މިއަދު އެޗްޕީއޭ އިން އާންމުކުރި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ވަނީ ކާބޯތަކެތީގެ މަސައްކަތް ކުރާ ތަންތަނުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ކަންކަން ހިމަނާފަ އެވެ. 

އެގޮތުން އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ-ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައެޅިއިރު ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ކެފޭ ރެސްޓޯރަންޓުތަކުގައި ސިނގިރޭޓް ބުއިމަކީ އާންމުކަމެކެވެ. އެގޮތުން ސިނގިރޭޓް ބުއިމަކަށް ކެފޭތަކުގައި ވަކި ހާއްސަ ތަންތަން ކަނޑައަޅާފައި ހުރެ އެވެ.

އެކަމަކު ތިން ވަނަ ފިޔަވަހީގެ ދަށުން އެތަންތަނަށް ހުޅުވުމަށް މިހާރު ތައްޔާރީތައް ވަމުން އަންނައިރު އެކަން ނުކުރެވޭނެ އެވެ. އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ސިނގިރޭޓް ބޯ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ވެސް ބޮޑެވެ. 

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން އާންމު ހާލަތަށް ރުޖޫއަވުމުގައި ތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހެދުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތަށް އެތަންތަނުގެ ހިރާސް ދެނެގަނެ ހިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނެ އެވެ.

އަދި މުވައްޒަފުން މަސައްކަތުގައި އުޅޭ އިރު އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތު ފެންނަ ގޮތަށް ބެހެއްޓުމާއި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19 ގެ މައުލޫމާތުދީ ތަމްރީނު ކުރަން ޖެހެ އެވެ. އަދި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލުކުރަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް